އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިންގަނޑު ކަނޑައިގެން ގޮސްގެން މަރުވި 12 މީހުންގެ ތެރޭގައި އުމުރުން ދެ މަހުގެ ކުޑަ ކުއްޖަކުވެސް ހިމެނޭ

ބިންގަނޑު ކަނޑައިގެން ގޮސްގެން މަރުވި 12 މީހުންގެ ތެރޭގައި އުމުރުން ދެ މަހުގެ ކުޑަ ކުއްޖަކުވެސް ހިމެނޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ބަންގްލަދޭޝް އަށް މިދުވަސްކޮޅު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކޮކްސްބާޒާރު އަދި ރަންގަމަތީގެ އެކި ސަރަޙައްދުތަކުގެ ބިންގަނޑު ކަނޑައިގެން ގޮސް 12 ރައްޔިތަކު މަރުވެއްޖެއެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި މަރުވި މީހުންގެ ތެރެއިން 11 މީހުން މަރުވީ ރަންގަމަތީ ގެ ނާނިއާޗާރް އުޕަޒިލާ ގައެވެ. ކޮކޮސް ބާޒާރުގެ މަހޭޝްޚާލީ އުޕަޒިލާ ގައި މަރުވެފައިވަނީ އެކަކެވެ.

ނާނިއާޗާރް ގެ ބިންގަނޑު ކަނޑައިގެން ގޮސްފައިވަނީ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން މިއަދު އިރާކޮޅުގެ ވަގުތެއްގައި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި އެންމެ ދެ މަހުގެ ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ. އެކުއްޖާ ފެނިފައިވަނީ މަރުވެފައިވާއެހެން ދެ ކުއްޖެއްގެ ގައިދަށުވެފަި އޮއްވާ ކަމަށް ކޮކޮސް ބާޒާރުގެ ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި އުމުރުން ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވެސް ހިމެނެއެވެ.

މީގެއިތުރުން ބާދްޝާ މިއާ ނަމަކަށް ކިޔާ އުމުރުން 35 އަހަރުގެ ފިރިހެނެއް ވެސް ބިންގަނޑުގެ އަޑީގައި ވަޅުލެވިގެން މަރުވި ކަމަށާއި އޭނާގެ ހަށިގަނޑު އެއާއިލާއާއި ހަވާލު ކުރެވުނު އިރު، އާއިލާއަށް އެހީތެރިވުމުގެ ގޮތުން ބަންގްލަދޭޝް ސަރުކާރުން އެއާއިލާއަށް 20،000 ޓީކޭ ދިން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ