އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުވަސް ނުފުރާ ދަރިއަކު ލިބުމުން ލަދުން ސަލާމަތްވުމަށް ދަރިފުޅު ކާރުން ބޭރަށް އެއްލައިލި ދެމަފިރިއަކު ހައްޔަރުކޮށްފި

ދުވަސް ނުފުރާ ދަރިއަކު ލިބުމުން ލަދުން ސަލާމަތްވުމަށް ދަރިފުޅު ކާރުން ބޭރަށް އެއްލައިލި ދެމަފިރިއަކު ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ދުވަސް ނުފުރާ ދަރިއަކު ލިބުމުން ލަދުން ސަލާމަތްވުމަށް ދަރިފުޅު ކާރުން ބޭރަށް އެއްލައިލި ދެމަފިރިއަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ މުޒައްފަރު ނަގަރުގައެވެ.

ފުލުހުން ބުނީ މިމަހުގެ 6 ވަނަ ދުވަހު ތުއްތު ކުއްޖަކު މަގުމަތީގައި ރޯން އޮއްވައި ބައަކަށް ފެނުމުން ރިޕޯޓްކޮށްފައިވާ ކަމަށާއި ކުއްޖާއަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ. ފުލުހުން ދެމަފިރިން އަތުލައިގަތީ ސީސީޓީވީގެ އެހީގައި ދެމަފިރިން ދުއްވި ކާރު ދެނެގަނެގެންނެވެ.



އުމުރުން 26 އަހަރުގެ ބައްޕަ އާއި 24 އަހަރުގެ މަންމަ ބުނީ އެކަން ކުރެވުނީ ދުވަސް ނުފުރާ ދަރިއަކު ލިބުމުން އެކަން އަވަށްޓެރިންނަށް އެނގިދާނެތީ ލަދުން ސަލާމަތްވުމަށް ކަމަށެވެ.

ކުއްޖަކު މަރުވެދާނެ ފަދަ ކަމެއް ކުރި ކަމުގެ ކުށުގައި ދެމަފިރިން ވަނީ ހައްޔަރުކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް