އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުގެ ރެސިޕީ: ކަނަމަދު ބޯލްސް (އައިންތު ސްޕެޝަލް)

މިއަދުގެ ރެސިޕީ: ކަނަމަދު ބޯލްސް (އައިންތު ސްޕެޝަލް)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ކަނަމަދު ބޯލްސް އަކީ އާންމުކޮށް ގިނަ ގޭގޭގެ ބަދިގޭގައި ތައްޔާރުކޮށްފައި ހުންނަތަން ފެންނަ ޑިޝް އެއް ނޫނެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ ވަރަށް މީރު އަދި ގޭގައި ހަދާލަން އެހާމެ ފަސޭހަ ޑިޝްއެކެވެ.

މިތަފާތު އެހެންނަމަވެސް މީރު ޑިޝް ރާއްޖޭގައި ތައްޔާރުކުރި އެއްފަރާތަކީ، އެފަރާތެއް ތައްޔާރުކުރާ ހުރިހާ ކާނާއެއްހެން ވެސް ގިނަ މީހުންނަށް ވަރަށް ކަމުގޮސް، އޭނާއަށް އަބަދުވެސް ތައުރީފުގެ ބަސްތައް އޮއްސާލާފައިވާ ފަރާތެއް ކަމަށްވާ ފިލްމީތަރި އައިމިނަތު ރަޝީދާ (އައިންތު) އެވެ.

"މިއަދުނޫހުގެ" ޚާއްސަ އެދުމުގެ މަތިން އައިންތުގެ ދަރިފުޅު އަދި މަޝްހޫރު ފިލްމީތަރި އައިޝަތު ރިޝްމީ ވަނީ އޭނާގެ މަންމަ ތައްޔާރުކުރާ ރަހަމީރު "ކަނަމަދު ބޯލްސް" ގެ ރެސިޕީ ހިއްސާކޮށްލާފައެވެ.

ބޭނުންވާނެ ތަކެތި:

• 2 ކާށީގެ ހުނި (އެއް ތަށީގަ ހަނާކޮށްލާފަ ހުރި ކާށިހުނި، އަނެއް ތަށީގަ ރަތް ކޮށްލާފަ ހުރި ހުނި)
• 1 ދަޅު ގެރިކިރު
• މުގުރާލާފަ ހުރި ކަނަމަދު (ގެރިކިރު ހުސްކުރި ދަޅަކާވާވަރަށް)

ތައްޔާރު ކުރާނެ ގޮތް:

• އެންމެ ފުރަތަމަ، ހަނާކޮށްލާފަ ހުރި ކާށި ހުނިކޮޅާއި ރަތް ކޮށްލާފަ ހުރި ހުނި ކޮޅު އަދި ކަނަމަދުކޮޅު އެއްކޮށް ތަވާޔަކަށް އެޅުމަށްފަހު މީރުކޮށްލާނީއެވެ.
• އެއަށްފަހު ކާށި ހުނިކޮޅާއި ކަނަމަދުކޮޅު ވަކިން ތަވާޔަކަށް އެޅުމަށްފަހު، ގެރި ކިރުކޮޅު ތަވާޔަށް އަޅާ ކައްކާލާނީއެވެ. ކައްކާލާނީ ގިނި މަޑުކޮށް، ކިރުކޮޅު ކުޑަކޮށް ބޮކި ޖަހާލަންދެނެވެ.
• ގެރިކިރުކޮޅު ކެކުމުން އޭގެ ތެރެއަށް ކުރިން މީރުކޮށްލި ހުނިކޮޅާއި ކަނަމަދުކޮޅު އަޅާފައި އެއްކޮށްލާނީއެވެ.
• އެންމެފަހު ކަމަކަށް، ތައްޔާރުކުރި ކަނަމަދުކޮޅު ބޯޅަހެން ގުޅަޖަހާނީއެވެ. އެއިރުން ކަނަމަދު ބޯލްސް ތައްޔާރުވީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ