އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި ޒުވާނުންކޮޅެއް ރަމަޟާން މަހު ކުރި އަޅުކަމުން ގިނަ ބައަކު ލަދުގަންނަވާލައިފި!

ދިވެހި ޒުވާނުންކޮޅެއް ރަމަޟާން މަހު ކުރި އަޅުކަމުން ގިނަ ބައަކު ލަދުގަންނަވާލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ރޯދަ މަސް ކައިރިވީމާ އެއްބައަކު އުޅެނީ ސައިކަލް މަރާމާތުކުރުމުގައެވެ. ބާރު ސްޕީޑްގައި ދުއްވުމަށްޓަކައެވެ. އަނެއް ބައަކު އުޅޭނީ ސީރީޒް ބަލާށާއި ގޭމްކުޅެން ގޭގެ ޓީވީގެ ސައިޒު ބޮޑުނުކުރެވިގެންނެވެ. އަނެއް ބައަކު އުޅޭނީ ސޯޝަލް މީޑިއާއަށް ވަދެއުޅެން ފަސޭހަކުރުމަށްޓަކައި ގެންގުޅޭ ފޯނު އެންެމެ ފަހުގެ ފޯނަކަށް ބަދަލުނުކުރެވިގެންނެވެ.

ސައިކަލް ބުރުޖެހުމާއި ގުޑިއެރުވުމާއި ކާރު ރޭސް ދުއްވުމާއި ސްޓޭޑިއަމްގައި ކުޅިވަރު ކުޅުމާއި ޝައިޠާނާގެ ހަނދާނުގައި ބާއްވާ ޝޯތަކަށް ތައްޔާރުވުމުގައި އުޅޭ މީހުންނާއި ހަވީރު 6 ޖަހަންދެން ނިދާފައި ތިބޭ މީހުން ވެސް މަދެއް ނޫނެވެ.

މިފަދަ ގޮތްތަކާއި މުޅިން ޚިލާފަށް ރަމަޟާން މަހުގެ ފަހު 10 ހޭދަކޮށްލި ޒުވާނުންކޮޅެއްގެ އަމަލުން ވަނީ ކުރިން ދެންނެވި ފަދަ ގޮތް ގޮތަށް ރަމަޟާން މަސް ހޭދަކުރާ މީހުން ލަދުގަންނަވާލައިފައެވެ. ލަދު ނުގަންނަ ކަމަށް ބުނި ނަމަވެސް ލަދު ގަންނާނެއެވެ. އެގޮތަށް ނުއުޅެވުނީތީ މިއަދު ދެރަވެސް ވާނެއެވެ. ފަހަރެއްގައި މާދަމާ ވާންޖެހޭ ދެރަ މާބޮޑުވެސް ވެދާނެއެވެ.

އެކުދިން ކުރަންޖެހޭ ކަންކަން ކުރުމަށްފަހު އިސްލާމީ މަރުކަޒަށް ނުވަތަ މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައުޒަމަށް ދަނީ ޢަޞްރު ނަމާދަށެވެ. ދިއުމަށްފަހު އިރު އަރަންދެން ތިބެނީ މިސްކިތުގައި އަޅުކަން ކުރުމަށެވެ. ލުއި ގޮތަކަށް ރޯދަވީއްލަނީވެސް މިސްކިތުގައެވެ. އަދި ލުއި ގޮތަކަށް ހާރުކަނީވެސް މިސްކިތުގައެވެ.

ޢަޞްރު ނަމާދާއި މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ތަރާވީޙް ނަމާދާއި ދަމުނަމާދާއި ފަތިސް ނަމާދުކުރަނީ ހަމަ ޢަޞްރަށްދާ ގޮތަށް މިސްކިތުގައި ތިބެގެންނެވެ. ފަތިސް ނަމާދަށްފަހު މިސްކިތުގެ އިސް އިމާމް ދެއްވާ ދަރުސްވެސް އަޑުއަހައެވެ. ނަމާދުކުރާ ވަގުތުތައް ފިޔަވައި ވަގުތު ހޭދަކުރަނީ ކީރިތި ޤްރްއާން ކިޔެވުމާއި މުރާޖަޢާ ކުރުން ފަދަ ކަންކަމުގައެވެ. މިސްކިތުގައި ތިބެނީ ކަނަށްވަދެ ފިލައެއް ނޫނެވެ. ކުރީ ސަފުގައަވެ.

އެކުދިންގެ ކަންކަން ވަރަށް ގާތުން ފެނުމުގެ ނަޞީބު ލިބުމާއި ގުޅިގެން ކުޑަކޮށް މައުލޫމާތު ސާފުކޮށްލުމުން ބުނީ ފަހު ދިހައިގައި ކުޑަކޮށް އިތުރަށް ވާންކޮށްލަން ޖެހޭނެތީ އެކަން ކޮށްލީ ކަމަށެވެ.

ޚަބަރުގައިވާ ފޮޓޯ ހާމަކުރީ ކިޔުންތެރިންނަށް މިއީ ހަމަ ހަޤީޤަތްކަން އިތުރަށް ކަށަވަރުކޮށްދިނުމަށާއި މިފަދަ ކަންކަމުން ފިލާވަޅު ލިބިގަންނަން ބޭނުންވާ ފަރާތްތަކަށް ހިއްވަރު ދިނުމުގެ ގޮތުންކަން ފޮޓޯގައިވާ ޒުވާނުންނަށް ވިސްނައިދީ ހުއްދަ ހޯދައިގެންނެވެ. ތިއަ ކުދިން ބަރަކާތްތެރި ރަމަޟާން މަހު ތިއަ ކުރި ބުރަ މަސައްކަތްތަކަށް އެންމެ މަތީ ދަރަޖައިން ސަވާބު ދެއްވެވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ!

މިއަހަރު 8- 10 ވަރަކަށް ކުދިންގެ މި ގްރޫޕު އަންނަ އަހަރު އެތައް ސަތޭކައިން އިތުރުވެގެން ދިއުމަކީ އެންމެ ބޮޑު ދުޢާ އެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް