އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޮރޮކޯ އާވާދަކޮށް 2026 ވަނަ އަހަރުގެ ވަރލްޑް ކަޕް ބޭއްވުމަށް އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ބިޑް ކާމިޔާބު ކޮށްފި

މޮރޮކޯ އާވާދަކޮށް 2026 ވަނަ އަހަރުގެ ވަރލްޑް ކަޕް ބޭއްވުމަށް އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ބިޑް ކާމިޔާބު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 37 ސިކުންތު

މޮރޮކޯ އާވާދަކޮށް 2026 ވަނަ އަހަރުގެ ވަރލްޑް ކަޕް ބޭއްވުމަށް އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ބިޑް ކާމިޔާކޮށްފިއެވެ.

މި ބިޑް ކާމިޔާބުކުރިކަން އިޢުލާން ކުރީ މިއަދު ފަށާ ވަރލްޑް ކަޕްގެ ކުރިން އިއްޔެ ބޭއްވި ފިފާގެ 68 ވަނަ ކޮންގްރެސްގައެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ބިޑް ކާމިޔާބުކުރީ ފިފާގެ ކޮންގްރެސްގައި ނެގި ވޯޓުގެ 67 އިންސައްތަ ހޯދައިގެންނެވެ.

މި ވޯޓުގައި މެމްބަރު ޤައުމުތަކުގެ ތެރެއިން 134 ވޯޓް އުތުރު އެމެރިކާގެ ބިޑަށް ވޯޓު ދީފައިވާ އިރު، މޮރޮކޯ އަށް ލިބުނީ 65 ވޯޓެވެ. އެއް ޤައުމުން ވޯޓުގައި ބައިވެރިނުވެ ދޫކޮށްލި އިރު، މި ކޮންގްރެސްގައި ރާއްޖޭގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް