އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަންމައަށް ނުދީ ނުކާން ކޮންމެ ދުވަހަކު ރޯދަވީއްލަން އެންމެ ކަދުރު އޮށެއް ކަމުން ދިއަ ކުއްޖަކު މަހުޖަނެއްގެ ދަރިއަކަށް!

މަންމައަށް ނުދީ ނުކާން ކޮންމެ ދުވަހަކު ރޯދަވީއްލަން އެންމެ ކަދުރު އޮށެއް ކަމުން ދިއަ ކުއްޖަކު މަހުޖަނެއްގެ ދަރިއަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

މުސްލިމް ޤައުމުތަކުގައި ކޮންމެ ދުވަހަކުވެސް ރޯދަ ވީއްލަން ކަދުރާއި އެހެންވެސް ތަކެތި މިސްކިތްތަކަށް ގެންގޮސް ބަހައެވެ. އެއްބައަކު ބުފޭ ގޮތަށް މޭޒުހަދައިގެންވެސް ކާން ދެއެވެ. އަނެއްބައަކު ޕާރުސަލް ފަދަ ތަކެތި ގެންގޮސް ބަހައި ހަދައެވެ.

ޤަތަރުގެ މިސްކިތެއްގައި މި ރޯދަ މަހު އިންނަ މީހަކަށް ކުޑަ ކުއްޖެއްގެ އަމަލުތައް ފާހަގަކުރެވުނީ ކޮންމެ ދުވަހަކުވެސް އޭނާއަށް ދޭ ތަކެތި ކޮތަޅަކަށް އަޅާތީއެވެ. އަދި އެއްވެސް ބުފޭއަކަށް ގޮސް ކައި ނުއުޅޭތީ އެވެ. ކޮންމެ ދުވަހަކުވެސް ބަންގި ގޮވުމުން އެންމެ ކަދުރު އޮށެއް ފިޔަވައި އެއްވެސް އިތުރު އެއްޗެއް ކާތަން ނުފެންނާތީއެވެ.

4 ، 5 ދުވަސްވަންދެން މަންޒަރު ބެލުމަށްފަހު އުމުރުން 8 އަހަރުގެ އެ ފިރިހެން ކުއްޖާއަށް ގޮވާ ގެންގެންގޮސް ގާތުގައި ބައިންދާފައި އެ ގޮތަށް އަމަލުކުރަނީ ކީއްވެގެންތޯ ސުވާލުކުރުމުން ކުއްޖާ ކިޔައިދިނެވެ.

"އަހަރެންގެ ބައްޕަ ވަނީ މީގެ 4 އަހަރުކުރިން މަރުވެފައެވެ. ދެން ހުރިހާ ކަމެއް ބަލަހައްޓަމުން އައީ މަންމައެވެ. މިއަހަރު ފެށުނު ތަނާ މަންމަގެ އެއްފަޅި ވަނީ ޕެރަލައިޒްވެފައެވެ. އެހީވާނެ އެއްވެސް މީހަކު ނެތެވެ. ސަލާންޖެހުން މަންމަ ވަނީ މަނާކޮށްފައެވެ. އެހެންވީމާ މީހުންނަށް ބޫޓު ފޮހެދިނުމާއި މިސްކިތަށް އަރާ މީހުންގެ ބޫޓު ބަލަހައްޓައިދިނުން ފަދަ ކަންކަން ކޮށްދީގެން ލިބޭ އެއްޗަކުން މަންމަ ބަލަހައްޓަނީ އަހަރެންނެވެ.

މަންމައަށް އެއްވެސް އެއްޗެއް ކެވޭނީ އަހަރެންނަށް ގެއަށް ދެވުނު އިރަކުންނެވެ. އެހެންވީމާ މަންމަ އޮންނާނީ އަދިވެސް ނުކައެވެ. މަންމަ ނުކައި އޮއްވައި ކެއުމަކީ އަހަރެން ކުރާނެ ކަމެއް ނޫނެވެ. އެހެންވީމާ އެއް އޮށް ކަދުރުން ރޯދަ ވީއްލަނީއެވެ. ދެން ލިބޭ ތަކެތި މަންމަ އާއި ދެމީހުން ކާން ބަހައްޓަނީއެވެ."

ލިބޭ ތަކެތި ކޮތަޅަށް އެޅި ނަމަވެސް މޭޒުތަކުން ކެވިދާނެ ނޫންތޯ ސުވާލުކުރުމުން ކުއްޖާ ބުނީ އެއިރުންވެސް ވާނީ މަންމަ ނުކައި އޮއްވާ ކެއި ކަމަށެވެ. އެހެންވެ ނުކަނީ ކަމަށެވެ.

މަޣްރިބް ނަމާދުން ފައިބައިގެން އެމީހާ ކުއްޖާ ގޮވައިގެން ދިއައީ ކުއްޖާގެ ގެއަށެވެ. ގެއަށް ގޮސް މަންމަ އާއި ވާހަކަ ދައްކައިގެން ބެލިއިރު ކުއްޖާ ދެއްކިވާހަކަތައް ވެގެންދިއައީ ހަަމަ ތެދު ވާހަކަތަކަކަށެވެ.

މަންމައަށް ކާންދީ ނިމުމުން އެމީހާ ބުނީ އޭނާއަކީ ތަނަވަސް މީހެއް ކަމަށާއި އަދި ދަރިން ނުލިބޭ މީހެއް ކަމަށެވެ. އެހެންކަމުން އެ ކުއްޖާއަކީ އޭނާގެ ދަރިއަކަށް ހަދަން ބޭނުން ކަމަށެވެ. ސަބަބަކީ އޭނާގެ މަންމައަށް އޭނާ ބަހައްޓާ އިޚްލާޞްތެރިކަމާއި މަންމަދެކެ ވާލޯބި ކަމަށެވެ. ކުއްޖާ އާއިމެދު ރަނގަޅަށް ކަންތައް ކުރުމުން ކުއްޖާގެ ލޯބި އެދެމަފިރިންނަށްވެސް ލިބޭނެ ކަމަށް އުންމީދުކުރާތީ ކަމަށެވެ.

މަންމަ ބަހެއް ބުނުމުގެ ކުރިން ކުއްޖާ ސުވާލުކުރީ އެއިރުން މަންމައަށް ވާނެ ގޮތަކާއިމެދުގައެވެ. އަދި ކިތަންމެ ބޮޑު ތަނަވަސް ކަމެއް ލިބުނު ނަމަވެސް މަންމަ ދޫކޮށްފައި ދާން ބޭނުން ނޫން ކަމަށެވެ.

އެއިރު އިޝާ ނަމާދު ވަގުތު ކައިރިވެފައި ހުރުމުން ކުއްޖާ ގޮވައިގެން އެމީހާ ދިއައީ އަނެއްކާވެސް މިސްކިތަށެވެ. ތަރާވީސް ނިމިގެން ކުއްޖާ ގޮވައިގެން ދިއައީ އަނެއްކާވެސް ކުއްޖާގެ ގެއަށެވެ.

އެއިރު މަހުޖަނުގެ ނޯކަރުން ތިބީ އެގޭގައެވެ. ދެމައިން ގޮވައިގެން ދިއައީ މަހުޖަނުގެ ގެއަށެވެ. ގެއަށް ގެންދިއުމަށްފަހު ކުއްޖާގެ މަންމަ އާއިމެދު މަހުޖަނުގެ ދެމަފިރިންވެސް ދެކެމުން އަންނަނީ މައެއްގެ ގޮތުގައެވެ. އަދި ކުއްޖާއަކީ ދެމަފިރިންގެ ދަރިއެއްގެ ގޮތުގައެވެ.

(މިޞުރުގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގެ ޚުލާޞާ ތަރުޖަމާއެއް.)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







... 2018-06-15 23:22:31

Maasha allah


އަބްދުއްލަތީފް