އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕޮގްބާ އާއި ގްރިޒްމަންގެ ލަނޑުން ފްރާންސްގެ ފެށުން ރަނގަޅުކޮށްފި

ޕޮގްބާ އާއި ގްރިޒްމަންގެ ލަނޑުން ފްރާންސްގެ ފެށުން ރަނގަޅުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ފިފާ ވަރލްޑް ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗު ފްރާންސްއިން ކާމިޔާބު ކޮށްފިއެވެ.

މި މެޗު ފްރާންސްއިން ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގައި އެއްވެސް ޓީމަކުން ލަނޑުބޯޑުން ސުމެއް ކަނޑުވާލެވިފައިނުވާ އިރު، މެޗުގެ ފުރަތަމަ ގޯލަކީ ލިބުނު ޕެނަލްޓީއަކުންނެވެ. މި ގޯލު ޖަހައިދިނީ ގްރިސްމަން އެވެ.

އެހެންނަމަވެސް އޮސްޓްރޭލިއާ އިންވަނީ ގޯލެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީވެސް އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. މިގޯލު ޖަހައިދިނީ ޖެޑިނިކް އެވެ.

މި ނަތީޖާގައި މެޗު ނިމެންދަނިކޮށް ފްރާންސަށް ލީޑު ނަގައިދިނީ ޕޮގްބާ ޖަހައިދިން ގޯލުންނެވެ. މި ގޯލު ޖެހީ 80 ވަނަ މިނެޓުގައެވެ.

ވަރލްޑް ކަޕްގައި މިއަދު ހަވީރު 18:00 ގައި ބައްދަލުކުރާނީ އާޖެންޓީނާ އާއި އައިސްލޭންޑެވެ. މިއީ ގްރޫޕް ޑީގެ މެޗެކެވެ.

މީގެއިތުރުން މިރޭ 21:00 ގައި ބައްދަލުކުރާނީ ގްރޫޕް ސީގެ ޕެރޫ އާއި ޑެންމާކްއެވެ. އަދި ގްރޫޕް ޑީގައި ހިމެނޭ ކްރޮއޭޝިއާ އާއި ނައިޖީރިއާގެ މެޗު މިރޭ 12:00 ގައި ކުޅޭނެއެވެ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް