އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭބީސިޓާރ އަކާއި ދަރިފުޅު ހަވާލު ކުރުމުން، ފަސް އެނބުރުނު ވަގުތު ފެށީ އެތުއްތު ކުއްޖާއަށް އަނިޔާ ކުރަން

ބޭބީސިޓާރ އަކާއި ދަރިފުޅު ހަވާލު ކުރުމުން، ފަސް އެނބުރުނު ވަގުތު ފެށީ އެތުއްތު ކުއްޖާއަށް އަނިޔާ ކުރަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

އުމުރުން އެންމެ އެއް އަހަރުގެ ދަރިފުޅު ބޭބީސިޓާރ އަކާއި ހަވާލު ކުރުމަށްފަހު އެކުއްޖާގެ މަންމަ ވަޒީފާއަށް ދާން ހިނގައި ގަތުމާއެކު، ދަރިފުޅުގެ ބޭބީސިޓާރ އެތުއްތު ކުއްޖާއަށް އަނިޔާ ކުރާ މަންޒަރު ހާމަވާ ވީޑިއޯ އެއް އާންމު ވެއްޖެއެވެ.

ޗައިނާގެ އެޕާޓްމެންޓެއްގެ ލިފްޓު ތެރޭގައި ހިނގި މިހާދިސާ، ލިފްޓުގައި ހަރުކޮށްފައި ހުރި ކެމެރާއިން ސާފުކޮށް ދައްކުވައިދެއެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ކުއްޖާގެ ބޭބީސިޓާރ އާއި ހަވާލު ކުރެވުނީ އެކުއްޖާ ގޮވައިގެން ޑޭކެއާ ސެންޓަރަކަށް ގެންދިޔުމަށެވެ. އެއީ އެރަހުމު ކުޑަ އަންހެން މީހާ މަސައްކަތްކުރާ ތަން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ވީޑިއޯއިން ދައްކާ ގޮތުގައި ފުރަތަމަ އެކުއްޖާ ރޯން ފަށަނީ މަންމައާއި ވަކިވުމުންނެވެ. އެކުއްޖާ ގޮވައިގެން ލިފްޓު ތެރެއަށް ވަދެ ލިފްޓުގެ ދޮރު ލެއްޕުމާއެކު ބޭބީސިޓާރ އެތުއްތު ކުއްޖާއަށް އަނިޔާ ކުރަން ފަށައެވެ.

ލިބެމުންދިޔަ އަނިޔާއަށް އެކުއްޖާއަށް ކެތް ނުކުރެވިގެން ބޮޑަށް ރޯން ފެށުމުން، އެއަންހެން މީހާ އިތުރަށް އެކުއްޖާއަށް އަނިޔާ ކުރަން ފެށިއެވެ.

ތުއްތު ކުއްޖެއްގެ ރުއިމަށް ކެތް ނުކުރެވި، ކުޑަކުދިންނަށް މިފަދަ އަނިޔާތައް ކުރާ މީހުން، ބޭބީސިޓިންގ ފަދަ ވަޒީފާ އަދާ ކުރަނީ ކީއްކުރަންބާއޭ ހިތައް އަރައެވެ. ބޭބީ ސިޓާރ އަކަށް ނުވެ އެއަންހެން މީހާ ހަގީގަތުގައި ވާންވީ ބޮކްސިންގ ކުޅޭ މީހަކަށެވެ.

މައިންބަފައިން ވެސް ތިމާމެންގެ ދެލޮލުގެ ކޮއެ ފަދަ ދަރީން ބެލުމަށް އެހެން މީހުންނާއި ހަވާލު ކުރާއިރު، އެއީ ކޮންކަހަލަ މީހެއްތޯ ރަނގަޅަށް ބަލާލުން ވަރަށް ބޮޑަށް މުހިންމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ