އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓްރީޓޮޕް ހޮސްޕިޓަލުގައި ބިލަށް ތިން ލައްކަ އަށްވުރެ ގިނަ ރުފިޔާ އަރާފައިވާ ޒުވާނެއް އާންމުންގެ އެހީތެރިކަމަށް ބޭނުންވެފައި

ޓްރީޓޮޕް ހޮސްޕިޓަލުގައި ބިލަށް ތިން ލައްކަ އަށްވުރެ ގިނަ ރުފިޔާ އަރާފައިވާ ޒުވާނެއް އާންމުންގެ އެހީތެރިކަމަށް ބޭނުންވެފައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

މިހިނގާ ޖޫން މަހުގެ އެއްވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނަކަށް އާންމުންގެ އެހީތެރިކަން ނިހާޔަތަށް ބޭނުން ވެއްޖެއެވެ.

ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި ލ. ކަލައިދޫ ޕެންޒީމާގޭ މުޙައްމަދު ނިޒާމް (22އ.) އެކްސިޑެންޓުވެފައިވަނީ ބާރު ސްޕީޑެއްގައި ސައިކަލު ދުއްވާފައި ދަނިކޮށް މަގު ބަންދުކުރަން ހުރަސްކޮށްފައި އޮތް ދަގަނޑު ހޮޅިއެއްގައި ޖެހިގެންނެވެ.

އެއެކްސިޑެންޓުގެ ސަބަބުން ނިޒާމްގެ ކޯކަށިގަނޑާއި ނޭފަތުގެ ކަށިގަނޑުގެ އިތުރުން ނިތްކުރިމަތިން ވެސް ވަނީ ފަޅައިގެން ގޮސްފައެވެ. އޭގެ އިތުރުން ލޯ މަތިން ވެސް ފަޅައިގެން ދިޔުމުގެ ސަބަބުން ލޮލަށް ބޮޑެތި ގެއްލުންތަކެއް ވެސް ވަނީ ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓްރީ ޓޮޕްގެ އައިސީޔޫގައި ނިޒާމަށް ހަފްތާއަކަށް ވުރެ ގިނަ ދުވަހު ފަރުވާ ދިނުމަށްފަހު އެހޮސްޕިޓަލުން ދޫކޮށްލަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ނަމަވެސް ހޮސްޕިޓަލުގެ ބިލަށް އަރާފައިވާ 350،000 ރުފިޔާ ދެއްކުމުގެ ކުރިން އޭނާއަށް އެހޮސްޕިޓަލުން ގެއަށް ދެވޭކަށް އަދިއެއް ނެތެވެ.

ނިޒާމްގެ އާއިލާއިން މައުލޫމާތު ދިން މީހަކު ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ ނިޒާމް ގެންދެވުނީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ނަމަވެސް އެތަނުގައި ސީޓީ ސްކޭން ހެއްދެން ނެތުމުން ނިޒާމް މާލެ ގެންދަން އެހޮސްޕިޓަލުން ލަފާދިން ނަމަވެސް އެކަމަށް ވަގުތު ނަގާނެ ކަމަށް ބުނެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔުމުގެ ޙިޔާލު ހުށަހެޅުމުން އެހޮސްޕިޓަލަށް ގެންދިޔައީ ކަމަށް ވެސް ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ އަގުބޮޑު ހޮސްޕިޓަލެއްކަން އެނގޭ ކަމަށާއި އެހެންނަމަވެސް ނިޒާމްގެ ހާލު ސީރިއަސްކަމުން، އޭނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެތަނަށް ދިޔައީ ކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ.

" މިހާރު އަޅުގަނޑުމެން ބޭނުންވަނީ 111،000 ރުފިޔާ. އެފައިސާ ހަމަނުކުރެވި ހޮސްޕިޓަލުގައި އޮންނަ ކޮންމެ ދުވަހަކަށް 1،800 ރުފިޔާ އެބަ އަރާ. އެހެންވެ މިކަމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދުން ވަރަށް ބޮޑަށް އެދެން" އާއިލާއިން ބުންޏެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ