އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔުރާރީގެ ގޯލުން ޑެންމާކަށް ހިނިތުންވުން.

ޔުރާރީގެ ގޯލުން ޑެންމާކަށް ހިނިތުންވުން.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 36 ސިކުންތު

ފިފާ ވަރލްޑް ކަޕްގައި ޕެރޫ އާއި ޑެންމާކް ބައްދަލުކުރި މެޗުގެ ފަހުހާފުގައި ޔުރާރީ ޖެހި ގޯލުން ޑެންމާކް ހަނިގޮތަކަށް މޮޅުވެއްޖެއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޕެރޫއަށްވަނީ ލީޑުނަގަން ރަނގަޅު ފުރުޞަތެއް ލިބިފައެވެ.

ޑެންމާކުގެ ޕެނަލްޓީ އޭރިއާތެރެއިން ޕެރޫގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއިގުޅިގެން ރެފްރީ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީތެރިކަން ހޯދާ، އެއީ ފައުލަކަށް ނިންމާ ޕެނަލްޓީއެއްދީފައެވެ.

ނަމަވެސް ކޫވާ ޖެހި މި ޕެނަލްޓީ ދިޔަޢީ ހުރަސްދަނޑިމަތިން ބޭރަށެވެ.

މިރޭ ދެން ކުޅޭނީ ގްރޫޕް ޑީގައި ހިމެނޭ ކްރޮއޭޝިއާ އާއި ނައިޖީރިއާގެ މެޗެވެ. މިމެޗު ފަށާނީ މިރޭ 12:00 ގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް