އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާނަލް ނާޒިމް ބަންދުގަ މިހާރު ބަހައްޓާ ސަބަބު ބުނެދޭނެ މުއައްސަސާއެއްވެސް ނެތް - އެކަމަކު މިނިވަން މުއައްސަސާ!

ކާނަލް ނާޒިމް ބަންދުގަ މިހާރު ބަހައްޓާ ސަބަބު ބުނެދޭނެ މުއައްސަސާއެއްވެސް ނެތް - އެކަމަކު މިނިވަން މުއައްސަސާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމް ޖަލުގައި ބަންދުކޮށް ފޮރުވާފައި ބަހައްޓައިގެން ނާޒިމަށާއި ޢާއިލާއަށް އަނިޔާކުރަމުން ގެންދާ ސަބަބު ބުނެލަދޭނެ މިނިވަން މުއައްސަސާއެއްވެސް މިހާރު ރާއްޖޭގައި ނެތް ކަމަށް ނާޒިމްގެ އަނބިކަނބަލުން ޢަފާފް ޢަބްދުލްމަޖީދު ވިދާޅުވެއްޖެއެވެ.

އަފާފް މިމޭރުމުން ވިދާޅުވެފައިވަނީ ބައްޕަގެ ލޯތްބަށް އެދި ދަރިން ކޮންމެ ދުވަހަކު ރޮމުން ގެންދާ ރުއިންތަކަށް ކެތް ނުކުރެއްވިގެން ކުރެއްވި ޓްވީޓެއްގައެވެ.

ނާޒިމް ބަންދުގައި ބަހައްޓަނީ ފުލުހުންގެ ތަޙްޤީޤްވެސް ނުނިންމަނީސް އަވަސް އަރުވާލާފައި ކޯޓުން އިއްވި ޙުކުމުގެ ސަބަބުން ކަމަށް ބުނެ ޙުއްޖަތް ދެއްކޭނެ އެއްވެސް ގޮތެއް މިހާރަކު ނެތެވެ. ނާޒިމްގެ ކޮޓަރިކޮޅުން ފެނުނު ފިސްތޯލައަކީ ނާޒިމް އާއި އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫން ކަމާއި އެ ފިސްތޯލައަކީ އެއިރުގެ ނައިބް ރައީސް އަހްމަދު އަދީބް އާއި ގުޅުންހުރި ފިސްތޯލައެއްކަން ސާބިތުވާ ހެކި ލިބިފައިވާކަން އަޅުގަނޑުމެން އެންމެންގެ ޚިދުމަތުގައި "ޕްރޮޓެކްޓް އެންޑް ސަރވް" ކޮށްދޭން ތިބި ދިވެހި ފުލުހުން ވަނީ ހާމަކޮށްފައެވެ.

މުޅި ޝަރީއަތް ފުރޮޅިގެންދާފަދަ ހެކި ލިބުމުންވެސް އަޅައިލާނެ އެއްވެސް މުއައްސަސާއެއް ނެތްކަން ޢާއިލާއިން ދަނީ ފާހަގަކުރަމުންނެވެ. ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވީ އެހެން ހުރިހާ ކަމެއް އެއްފަރާތުގައި ބަހައްޓާފައި ހަމައެކަނި މަރުވާނެ ކަމާއި އާޚީރަތް ދުވަސް އަންނާނެ ކަމާއި އާޚިރަތް ދުވަހުގެ ދަރުބާރުގައި ކަންކަން ފައިޞަލާ ކުރައްވަން ހުންނަވާނީ ރައީސް ޢަބްދުﷲ ޔާމީން ނޫން ކަމަށް ޤަބޫލުކުރާނަމަވެސް މިހައި ބޮޑަށް އަނިޔާވެރި ނުވާނެ ކަމަށެވެ. ފައުޅުކަން ބޮޑު ގޮތެއްގައި މިހައި ބޮޑަށް އަނިޔާވެރި ނުވާނެ ކަމަށެވެ.

"އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގަ ކޯޓުތަކާ މުއައްސަސާތަކުގަ ތިއްބެވި ބޭފުޅުންނަށް މިހާރު ޤަބޫލުކުރެވެނީ ޤިޔާމަތް ދުވަހު ނަރަކަވަންތަވެރިންނާ ސުވަރުގެ ވަންތަވެރިން ކަނޑައަޅުއްވާނީ ވެސް ރައީސް ޔާމީން ކަމަށް. އެހެންވީމާ ނޫންތޯ ފައުޅުގައި މިހައި ބޮޑެތި އަނިޔާތައް އެއްވެސް ޖެހިލުމެއް ނެތި މީހުންނަށް ކުރަމުން އެގެންދަނީ؟"

"ކުރިން ބައެއް މީހުންނަށް ހީކުރެވިފައި އޮތީ މިއީ ނާޒިމް ނައިބް ރައީސް ކަމުގަ އަދީބާ ވާދަކޮށްފާނެތީ އާ އަދީބަށްވުރެ ނަޒިމްގެ މަޤްބޫލުކަން ކުރިއަރައިދާތީ އަދީބް ކުރި ކަމެއް ކަމަށް. ނަމަވެސް އެއީ އެގޮތަށް ހިންގާފައިވާ ކަމެއް ނޫންކަން މިހާރު ޔަޤީން ނުކުރެވޭނީ ކާކަށްތޯ؟ އަދީބް ކުރުވި ކަމެއް ނަމަ އަދީބުގެ ބާރު ނެތިދިއުމުން ބަދަލުވާނެ ނޯންތޯ؟ އެހެންވީމާ މިހާރު އެންމެންނަށްވެސް އެނގޭނެ ބޭބެ ހައްޔަރުކޮށްގެން މިއުޅެނީ ކާކުކަން.؟" ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް