އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާދަމް އާޒިމް އާއި ލޯޔަރު ފަރީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި

އާދަމް އާޒިމް އާއި ލޯޔަރު ފަރީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ ކޮއްކޮ އަދި އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އާދަމް އާޒިމް އާއި، ޤާނޫނީ ވަކީލް މުހައްމަދު ފަރީދު (ލޯޔަރު ފަރީދު) ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފި އެވެ.

މި ދެބޭފުޅުން ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގެން މެންބަރޝިޕް ފޯމް، އެޕާޓީގެ ޑެޕިއުޓީ ލީޑަރ އަބުދުﷲ ކަމާލުއްދީން އާއި މިރޭ ވަނީ ހަވާލުކުރަައްވާފައެވެ.

އާދަމް އާޒިމް ޖޭޕީއާއި ގުޅިވަޑައިގަތުމާއި ގުޅިގެން އެޕާޓީގެ ލީގަލް އެޑްވައިޒަރު ކަމުގެ މަޤާމް ޢާޒިމަށް ވަނީ ދެއްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޭޕީގެ ޑެޕިއުޓީ ލީޑަރ އަބުދުﷲ ކަމާލުއްދީން ވިދާޅުވީ، އާދަމް އާޒިމްއާއި ލޯޔަރު ފަރީދު ޖޭޕީއާއި ގުޅިވަޑައިގެންނެވުމަކީ އެޕާޓީއަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަަމަށެވެ. އަދި ޖޭޕީން އިސްލާހަށް ކުރަމުންދާ މަސައްކަތަށްވެސް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އާޒިމް ވިދާޅުވީ ޖޭޕީއާއި ގުޅިގެން މިއަދު މިފަށަނީ އައު މަސައްކަތެއް ކަމަށެވެ. އާޒިމް ވިދާޅުވީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްއަކީ ޑިމޮކްރަސީގެ ބައްޕަކަމަށް ބުނުން ދޮގަކަށް ނުވާނެ ކަމަށާއި، އެކަން އެނގިގެންދަނީ މިއަދުވެސް ގިނަަ ދަަތިތަކަކާއެކު އެމަނިކުފާނު ދިވެހި ގައުމަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތް ކަމަށެވެ.

އާޒިމް ވިދާޅުވީ އާޒިމް އާއި އާޒިމްގެ މުޅި އާއިލާވެސް ކުރިއަށްދާނީ، ޖޭޕީން ކުރިއަށްދާގޮތަށް، ޚާއްސަކޮށް ކޯލިޝަނުން ދިވެހި ޤައުމު އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތާއިއެކު ކަމަށެވެ. އަދި ސިޔާސީ މަސައްކަތަކީ އެންމެގެން މަސައްކަަތެއް ކަމަށްވާއިރު، އެންމެވެސް އިހުތިރާމާއިއެކު ކުރިއަށްދިއުން މުހިންމު ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް އާޒިމް ވިދާޅުވީ، އާޒިމްގެ ބޭބެ ނާޒިމް މިނިވަންކުރުމަށްވެސް އައު ހިތްވަރަކާއެކު މަސައްތަކެއް ޖޭޕީއާއި ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

މި ފަކަަށްއައިސް ޖޭޕީއާއި ގުޅޭ މެންބަރުންގެ އަދަދު އިތުރުވަމުންދާއިރު، ރާއްޖޭގެ ސިޔާސީ މައިދާނުގައި ފުންނާބުއުސް ބޭފުޅުން ގެންދަވަނީ ޖޭޕީއާއި ގުޅިވަޑައިގަންނަވަމުންނެވެ.

ޚަބަރު: ވީނިޔުސް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު