އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިޔަ ހަރުފައަކާއެކު ފޮޓޯ ނަގަން އުޅުނު މީހަކު ސަލާމަތްކުރެވުނީ ހަމަ ކިރިޔާ!

ބިޔަ ހަރުފައަކާއެކު ފޮޓޯ ނަގަން އުޅުނު މީހަކު ސަލާމަތްކުރެވުނީ ހަމަ ކިރިޔާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ބިޔަ ހަރުފައަކާއެކު ފޮޓޯ ނަގަން އުޅުނު މީހެއްގެ ފުރާނަ ސަލާމަތްކުރެވުނީ ހަމަ ކިރިޔާއެވެ.

އިންޑިއާގެ ކޮލްކަތާގެ ޖަންގަލިން 30 ފޫޓު ބިޔަހަރުފައެއް ފެނުމުން ހަރުފަ އަތުލައިގަންނަން ގިނަ ބައަކު އެއްވެފައިވަނިކޮށް ތަމްރީނު ލިބިގެންހުރި ޖަންގަލި ބަލަހައްޓާ އޮފިސަރަކު ބޭނުންވީ ހަރުފަ އާއިއެކު ފޮޓޯއެއް ނަގާށެވެ.

ފޮޓާނަގަން ހަރުފަ ކޮނޑަށްލިތަނާ ހަރުފައަށް ހީވީ އެއެތި އަތުލައިގަންނަން އުޅެނީ ކަމަށެވެ. އަވަސް އަވަހަށް ކަރުގައި އޮޅާލިއެވެ. ބާރުކުރަން ފެށުމުން ހާލަތު ގޯސްވެއްޖެކަން ވިސްނި މީހުންނާއި ދުރަށް ޖެހުނެވެ.



އޭނާގެ ކަރުން އަޑެއް ލައްވަން ފެށުމުން ދެން ތިބި އޮފިސަރުން އޭނާގެ ހިމާޔަތަށް ދިއައެވެ. އެވަގުތު އޭނާއަށް ބުނެވުނު ހަމައެކަނި ބަހަކީ ނިގޫކޮޅުގައި ބާރަށް ހިފަހައްޓާށެވެ. އެގޮތަށް އަމަލުކުރުމުން ހަރުފަ މަޑުމަޑުމަޑުން ދޫދީ އެތައް އިރެއްފަހުން ކަރުން ވީއްލުނެވެ.

އެއިރު ނޭވާ ހާސްވަމުން ގޮސް އޭނާ ހުރީ މުޅިން ހަކަތަ ހުސްވެފައެވެ. އެތަނުގައި ގިނަ އަދަދެއްގެ ޖަންގަލި ބަލަހައްޓާ ތަމްރީނުލިބިފައި ތިބި އޮފިސަރުން ނެތްނަމަ އޭނާއަށް ސަލާމަތް ނުވެވުނީސްކަމަށް އޮފިސަރުން ބުނެއެވެ.

ކިތަންމެ ރަނގަޅަށް ތަމްރީނު ލިބިގެން ހުރި ނަމަވެސް ބިޔަ ހަރުފައާއި ކުޅުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ނަމަވެސް ބައެއް މީހުން އަބަދުވެސް ބޭނުންވަނީ މަޝްހޫރުވުމަށް ކަންކަން ކުރަން ކަމަށްވާތީ މިފަދަ ހާދިސާތައް ހިނގަން މެދުވެރިވަނީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް