އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެ މިސްކިތެއްގެ ކުލަ ބަދަލު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި

ދެ މިސްކިތެއްގެ ކުލަ ބަދަލު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ހދ. ނައިވާދޫ މިސްކިތާއި ހަމަ އެއަތޮޅު ކުމުންދޫ ހުކުރު މިސްކިތުގައި ލާފައިހުރި "ރީނދޫ" ކުލަ ބަދަލު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

ނައިވާދޫގެ ޒުވާނުންތަކެއް އިސްނަގައިގެން އެރަށުގެ މިސްކިތް މަރާމާތުކޮށް، އެމިސްކިތުގައިލީ ކުލައާއިމެދު ހިތްހަމަ ނުޖެހި، މިސްކިތުގައި އަލުން ކުލަ ލައިދޭނެ ބަޔަކު ހޯދުމަށް މަހެއް ނުވަނީސް ވަނީ އިއުލާނު ކޮށްފައެވެ.

އެނގިފައިވާ އެގޮތުގައި އެމިސްކިތުގައިލީ ކުލަ ބަދަލު ކުރަން އެންގީ އެއީ ރީނދޫ ކުލަ ކަމަށް ބަލާފައެވެ.

ކުމުންދޫ މިސްމިތުގައި ލާފައިވާ މަޑު ރީނދޫ ކުލައާއި ގަދަ ރީނދޫ ކުލަ ލާފައިވަނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ލިބިގެން ކަމަށް އެރަށު ކައުންސިލުން ބުނެފައިވެއެވެ.

ނަމަވެސް އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު ވަޑައިގެން މިސްކިތް ބެއްލެވުމަށްފަހު، އެމިސްކިތުގެ ކުލަ ބަދަލު ކުރުމަށްވަނީ އަންގާފައެވެ.

ކުމުންދޫ މިސްކިތާއި ނައިވާދޫ މިސްކިތުގެ ކުލަ ބަދަލު ކުރަން އިސްލާމިކް މިނިސްޓްރީން އަންގާފައިވީނަމަވެސް، މިކަމާ ގުޅޭގޮތުން މިނިސްޓްރީގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ