އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިފެހެއްޓި ސަބަބު ފިލައި ދިޔުމުން އަމީތާއި އިންތިގެ ޕާސްޕޯޓު ދޫކޮށްލައިފި

ހިފެހެއްޓި ސަބަބު ފިލައި ދިޔުމުން އަމީތާއި އިންތިގެ ޕާސްޕޯޓު ދޫކޮށްލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 39 ސިކުންތު

މީގެ ތިން މަސް ކުރިން ޕާސްޕޯޓު ހިފެހެއްޓި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ޕާސްޕޯޓު، ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.

މިދެބޭފުޅުންގެ ޕާސްޕޯޓު ކުރިން ހިފެހެއްޓީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ގޮވާލި މައްސަލައިގައެވެ.

ގާޒީ ޙަސަން ނަޖީބު ސޮއި ކުރައްވާ ކޯޓުން މިދެބޭފުޅުންނަށް ފޮނުވި އަމުރުގައި ބުނެފައިވަނީ، އެދެބޭފުޅުންގެ ޕާސްޕޯޓު ދޫކޮށްލަން ނިންމީ ޕާސްޕޯޓް ހިފެހެއްޓި ސަބަބު ފިލައިގެން ދިޔުމުން ކަމަށެވެ.

އަމީތާއި އިންތިގެ ތަހުގީގު ނިންމާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެއޮފީހުން ވަނީ މިމައްސަލައިގައި އެދެބޭފުޅުންގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ