އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ހިތްދަތިކަމަކީ އިމްތިހާނެއް- ސަލާމަތްކަން ލިބޭނީ ވަކީލުކުރާމީހާއަށް!

ކޮންމެ ހިތްދަތިކަމަކީ އިމްތިހާނެއް- ސަލާމަތްކަން ލިބޭނީ ވަކީލުކުރާމީހާއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ކުރިމަތިވާ ކޮންމެ ހިތްދަތިކަމަކީ އިމްތިހާނެކެވެ. އަނބިދަރިންނާއި ގާތްތިމާގެ މީހުން މަރުވެދެއެވެ. ހޯދަން މަސައްކަތްކުރާ އާމްދަނީ ނުލިބި ދެއެވެ. ދަނޑުތައް ވީރާނާވެގެންދެއެވެ. ވިޔަފާރި ނުވެ ވެސްދެއެވެ.

މިއިން ކޮންމެ ކަމަކީވެސް މާތް ﷲ ކުރިމަތިކުރައްވަވާ އިމްތިހާނެކެވެ. އިމްތިހާނުގެ ވަގުތުގައި އޮތީ ލޮލުން ކަރުނައަޅާ ރޮއި ހެދުމެއް ނޫނެވެ.

މާތް ﷲ އަށް ވަކީލް ކުރުމެވެ. ކެތްތެރިވުމެވެ. ބުނަންވީ "އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިޢޫން" އެވެ. މުޞީބާތުގެ ވަގުތުތަކުގައި ކެތްތެރިވެ ދުޢާކުރާ މީހުން އެ މުޞީބާތަކުން ސަލާމަތް ކުރައްވަވަތެވެ. އަދި އެއަށްވުރެ ރަނގަޅު ގޮތްތައްވެސް މެދުވެރި ކުރައްވަވަތެވެ.

މުޞީބާތަށް ކެތްތެރިވާ މީހުންނަށް މާތް ﷲ ޤިޔާމަތް ދުވަހު މަތިވެރި ދަރަޖަތައް ދެއްވަވާނެކަން ކީރިތި ޤްރްއާނުގައި ވަނީ ބަޔާންކުރައްވަވައިފައެވެ. އެއް އާޔަތެއްގައި އަންގަވާފައިވަނީ ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާިއެކުގައި ކަމަށެވެ.

އެމީހަކާއިއެކު މާތް ﷲ ވޮޑިގެންވުމަށްވުރެ ވަކިން ބޮޑު ނިއުމަތެއް އެއްވެސް އިންސާނަކަށް ނުލިބޭނެއެވެ. ވީމާ މިއާޔަތުން އެކަނިވެސް ކެތްތެރިންނަށް ހުރި މަތިވެރި ދަރަޖަ އެނގިގެންދެއެވެ.

މީހަކު ގެއްލުމެއް ނުވަތަ އަނިޔާއެއް ދިންނަމަވެސް ކެތްތެރިކަން އިސްކުރާށެވެ. މާތް ﷲ އަންގަވާފައިވާ ގޮތުގައި މެނުވީ ހަމަ އެއްވެސް ކަމެއް ނުކުރާށެވެ. އަނިޔާވެރިޔާގެ ކިބައިން ލިބެންޖެހޭ ފުރިހަމަ ބަދަލު މާތް ﷲ ހިއްޕަވާނެތެވެ. ޤިޔާމަތް ދުވަހު އެކަމުގެ ފުރިހަމަ ބަދަލު އަނިޔާ ލިބުނު މީހާއަށް ހޯއްދަވައި ދެއްވަވާނެއެވެ. ހަޤީޤީ ކާމިޔާބުވެރިންނަކީ އެކަން ޔަޤީންކޮށް ކެތްތެރިވާ މީހުންނެވެ.

- މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައުޒަމްގައި އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ދެއްވެވި ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް