އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖެމްސް މައްސަަލައިގައި ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ޖެމްސް މައްސަަލައިގައި ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

ސުޕްރީމް ކޯޓުން ގަވަމަންޓް އީ-ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ކަނޑާލަން، އެކޯޓުގެ މުވައްޒަފުންނަށް އެންގެވި މައްސަލައިގައި، ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވެވި ހުކުމް އިސްތިއުނާފް ކުރަން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މިމައްސަލައިގައި އެމަނިކުފާނުގެ މައްޗަށްވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވަވާފައެވެ. ކްރިމިނަލް ކޯޓުން އިއްވެވި މިހުކުމް ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން، އެކޯޓުން ވަނީ މިހުކުމަށް ތާއީދު ކުރައްވާފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 4 އަދި 5 ގައި ޖެމްސް ސިސްޓަމް ސުޕްރީމް ކޯޓުގައި ހުއްޓުމަކަށް ގެނައުމަށް އެންގެވިކަމަށް ބުނެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން އުފުލާފައިިވަނީ އަދުލު އިންސާފު ގާއިމު ކުރަން ހުރަސް އެޅުމުގެ ދައުވާއެވެ.

އެމައްސަލަ ސުޕްރީމް ކޯޓުން އިސްތިއުނާފް ކުރީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ވަކީލުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ