އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަފާތު މެޝިންތަކާއެކު އުޅެންޖެހުމުން ސިކުނޑިއަށާ ހަށިގަނޑަށް ޖެހޭ ބަލިތައް އިތުރުވޭ - ފޯނަކީވެސް މެޝިނެއް!

ތަފާތު މެޝިންތަކާއެކު އުޅެންޖެހުމުން ސިކުނޑިއަށާ ހަށިގަނޑަށް ޖެހޭ ބަލިތައް އިތުރުވޭ - ފޯނަކީވެސް މެޝިނެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

އިންސާނުން މިއަދު ދިރިއުޅެމުން މިދަނީ މެޝިންތަކަކާއިއެކުގައި ކަމަށް ބުނެވިދާނެއެވެ. ނިދައި ހޭލީންސުރެ ނިދަންވަންދެން މިއުޅެވެނީ ކޮންމެވެސް މެޝިނަކާއިއެކުގައެވެ.

ނިދީން ހޭލެވުމާއިއެކު ފުރަތަމަ ވެސް ބަލައިލެވެނީ ފޯނު ކޮބައިތޯއެވެ. އޮފީހަށް ދިއުމާއިއެކު ދިރިއުޅެވެނީ ކޮމްޕިޔުޓަރުތަކާއިއެކުގައެވެ. މިހާރަކަށް އައިސް ގިނަ މީހުން ކަސްރަތުކުރަނީ ވެސް ގޭގައެވެ. މެޝިނަކަށް އަރައިގެންނެވެ. ހޭލައި ހުންނަ ވަގުތު އެކުގައިހެން މިހޭދަކުރެވެނީ މެޝިންތަކާއިއެކުގައެވެ.

ތަނަކަށްވެސް ސާފު ވައިފޮދެއް ހޯދަން އުޅެނީ ވެސް މަދު މީހެކެވެ. ހޯދަން އުޅުނު ނަމަވެސް ލިބެނީވެސް މަދު މީހަކަށް އަދި މަދުފަހަރަކުއެވެ. ޖައްވު ނުސާފުވުން ފަދަ ކޮންމެވެސް ސަބަބެއް މެދުވެރިވާނެއެވެ.

އިންސާނުން މެޝިންތަކާއިއެކު ދިރިއުޅެން ފެށުމާއިއެކު ހަށިގަނޑަށް މިވަނީ ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފައެވެ. އެކަމުގެ ގެއްލުން އެންމެ ބޮޑަށް ލިބެނީ ސިކުނޑިއަށެވެ. ނަތީޖާއެއްގެ ގޮތުން އިންސާނުންނަށް މިހާރު ޖެހޭ ގޮތް ނުއެނގޭ ބަލިތައް މިދަނީ އިތުރުވަމުންނެވެ.

އިންސާނާގެ މުޅި ހަށިގަނޑާއި ސިކުނޑިއާއި ގުޅިލާމެހިފައިވާތީ ސިކުނޑިއަށްކުރާ އަސަރު ފެންނާނީ ހަމައެކަނި ސިކުނޑިއަކުންނޫނެވެ. ހަށިގަނޑުގެ ކޮންމެ ގުނަވަނަކުންވެސް ފެނިދާނެއެވެ. ގޮތް ނުއެނގޭ ބަލިތައް އިތުރުވަމުން މިދާ އެންމެ ބޮޑު ސަބަބަކީ އެއީއެވެ.

ސަލާމަތް ޞިއްހަތަކަށްޓަކައި ވީހައި ބޮޑަށް މެޝިންތަކާއި ދުރުހެލިވާން އެބަޖެހެއެވެ. ކަސްރަތުކުރުމާއިއެކު ޤްދްރަތީ ސާފުވައި ލިބޭތޯ ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ.

މައުލޫމާތު: މަރސިފުލް ސަރވަންޓް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް