އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަރަމްފުޅުގެ އުރަކޮޅު ކޮންމެ އަހަރަކު އާކުރަން ޖެހޭތަ؟

ޙަރަމްފުޅުގެ އުރަކޮޅު ކޮންމެ އަހަރަކު އާކުރަން ޖެހޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

މިބިންމަތީގަައި ހުރި މުސްލިމުންގެ އެންމެ މުހިންމު، އެންމެ މުޤައްދިސް ބިނާއަކީ ކޮންމެ ނަމާދެއްގައި ހުރިހާ މުސްލިމުން ކުރިމަތިލަމުން މިދާ މައްކާގެ ޙަރަމްފުޅެވެ.

ސިއްޔިދުނާ ޢުމަރު (ރޢ)ގެ ޒަމާނުގައި މީހަކު އައިސް ދެންނެވިއެވެ. "ޢުމަރުގެފާނުއެވެ. ސިލްކް ފަދަ އަގު ބޮޑު ފޭރާމަކުން ޙަރަމްފުޅުގައި އުރަކޮޅެއް ނުލައްވަވަނީ ކީއްވެގެންތޯއެވެ؟

ޖަވާބުގައި ޢުމަރުގެފަނު ވިދާޅުވީ "މުސްލިމުންގެ ޙާޖަތްތައް ނިވާކުރުމަށް (ފުއްދުމަށް، ފުއްދައިދިނުމަށް)، އިސްކަން ދިނުމުގެ މުހިންމުކަން މާބޮޑެވެ."

ރަން ރޮއްޖާއި ރިހި ރޮދި ބޭނުންކޮށްގެން އަކުރުތައް ލިޔެ އެންމެ މޮޅު ފޭރާމުގައި ވިޔެފައިވާ ޙަރަމް ފުޅުގެ އުރަކޮޅު ކޮންމެ އަހަރަކު ބަދަލުކުރެއެވެ. ކޮންމެހެން ކުރިން ހުރި އުރަކޮޅު ބައުވެގެނެއް ނޫނެވެ. އަދި ވީދިގެނެއްވެސް ނޫނެވެ.

އުރަކޮޅު ބަދަލުކުރުމަށް ބޮޑު ރަސްމިއްޔާތެއް ބާއްވައެވެ. އެރަސްމިއްޔާތަށްފަހު ރަސްގެފާނު ރުއްސަވާ މީސްތަކުންނަށް ނެގި އުރަކޮޅު ބުރިބުރި ކުރައްވަވައި ތަންތަންކޮޅު ދެއްވަވައެވެ. ގިނައިން ދެއްވަވަނީ ދައުވަތުދެއްވައިގެން ބޭރު ޤައުމުތަކުން ގެންގޮސްފައި ތިބޭ މީހުންނަށެވެ.

ޙަރަމްފުޅުގެ އުރަކޮޅު ބަދަލުކުރަން މަދުވެގެން 6 މިލިއަން ޑޮލަރު ޚަރަދުވާކަމަށް ސައުދީ ރަސްކަމުން ބުނެއެވެ. ކާނެ ބޯނެ އެއްޗެއް ނުލިބި ދުނިޔޭގެ ކަންކޮޅުތަކުގައި ބަނޑަށްޖެހިފައި ތިބި މުސްލ؛ިމުންގެ އަދަދު 600 މިލިއަނަށް އަރައެވެ.

ބައެއް އިލްމުވެރިން ވިދާޅުވަނީ އެހެންކަމަށްވާއިރު ޙަރަމްފުޅުގެ އުރަކޮޅު ބައު ނުވަނީސް ބަދަލުކުރަން ކުރާ ޚަރަދު އެއީ އިސްރާފެއް ކަމަށާއި އިސްރާފްކުރުން ހުއްޓާލައި ބަނޑަށްޖެހިފައި ތިބި މުސްލިމުންނަށް އެހީތެރިވުން މާރަނގަޅުވާނެ ކަމަށެވެ. ހަމަ ޤައިމުވެސް އިސްރާފް ކުރުމަކީ މާތްﷲ އެންމެ ނުރުއްސަވާ އަދި ހަރާމްކުރައްވަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް