އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޚް ޢަލީ ޒައިދުގެ ހުއްދަ އަދިވެސް ހިފަހައްޓާފަ‍، ގިނަ ބައަކު ކަންބޮޑުވޭ!

ޝައިޚް ޢަލީ ޒައިދުގެ ހުއްދަ އަދިވެސް ހިފަހައްޓާފަ‍، ގިނަ ބައަކު ކަންބޮޑުވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

އައްޝައިޚް ޢަލީ ޒައިދަށް އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ "ވަގުތީގޮތުން" އެމިނިސްޓްރީން ހިފެހެއްޓެވުމަށްފަހު އަދިވެސް ދޫނުކުރައްވާތީ ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ޝައިޚް ޢަލީ ޒައިދުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައިވަނީ ރަމަޟާން މަހުގެ މެދުތެރޭގައި ކަހަލަގޮތަކަށް މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

ޝައިޚް ޢަލީ ޒައިދަކީ އިސްލާމް ދީނާއިމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރެއްވެވުމަށްޓަކައި ދަރުސް ދެއްވުމަަށާއި ދީނީ ފިލާވަޅުތައް ދެއްވެވުމަށް ރާއްޖޭގެ ތަފާތު ސަރަހައްދުތަކަށް އަބަދުހެން ދަތުރުފުޅު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މިއަދުނޫހަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނެފައިވަނީ ޝައިޚް ޢަލީ ޒައިދުގެ ހުއްދަ ހިފަހެއްޓުމާއި ގުޅިގެން ޝައިޚް މެދުވެރިކޮށް ކުރިއަށް ގެންދަން ކުރިންސުރެ ރާވާފައި ހުރި ގިނަ ޕްރޮގްރާމްތަކެއް ކެންސަލް ކުރަންޖެހިފައިވާތީ ކަންބޮޑުވާ ކަމަށެވެ.

ޝައިޚް ޢަލީ ޒައިދަކީ ގިނަ ބައެއްގެ ލޯބި ހޯއްދަވައިގެން ހުންނެވި ދީނީ ޢީލްމުވެރިއަކަށްވެ ވަޑައިގަންނަވާއިރު ގިނަ ބައަކު ޝައިޚް ޢަލީ ޒައިދު ފާހަގަކުރަނީ ކޮންމެ ކަމެއްގައި ވެސް އެއްވެސް ކަމެއް ނުފޮރުއްވަވައި ޙައްޤަށް ބަސްފުޅު ވިދާޅުވަމުން ގެންދަވާ ދީނީ އިލްމުވެރިއެއްގެ ގޮތުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް