އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަދީޘްގެ އަލީގަ އެހެންމީހުންނަށް ފާޑުކިޔާއިރު ތިމާ އާއި އެންމެ ގުޅުންހުރި މިފަދަ ޙަދީޘްތަކަށް ތިމާއަށް އަމަލުކުރެވޭތަ؟

ޙަދީޘްގެ އަލީގަ އެހެންމީހުންނަށް ފާޑުކިޔާއިރު ތިމާ އާއި އެންމެ ގުޅުންހުރި މިފަދަ ޙަދީޘްތަކަށް ތިމާއަށް އަމަލުކުރެވޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

މިހާރަކަށް އައިސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުތަކުގެ އަލީގައި އެހެން މީހުންނަށް ފާޑުކިޔައި ކަންކަން އިޞްލާޙްކުރަން ގޮވާލެވޭ އަޑު ދަނީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ. މިފަދަ އަޑުތައް ގަދަވަމުން އަންނައިރު ތިމާ އާއި އެންމެ ގުޅުންހުރި ޙަދީޘްފުޅުތަކަށް ތިމާއަށް އަމަލުކުރެވޭ މިންވަރާއިމެދު ގިނަ ބައަކު ސުވާލު އުފައްދައެވެ.

"ތިއަބައިމީހުންކުރެ އެންމެ ހެޔޮ މީހަކީ އެމީހެއްގެ އަނބިދަރިންނަށް އެންމެ ހެޔޮ މީހާއެވެ. ތިމާންކަލޭގެފާނަކީ ތިމަންކެލޭގެފާނުގެ އަނބިދަރިންނަށް އެންމެ ހެޔޮ މީހަކީމެވެ." (ދިވެހިބަހަށް ގެނެސް ދެއްވީ އައްޝައިޚް މުޙައްމަދު ލަޠީފް)

މިއީ އަލްތިރްމިޒީގެ 3252 ނަމްބަރު ޙަދީޘްފުޅެވެ. ޢާއިޝާ (ރޢ)ގެ އަރިއަހުން ޙަދީޘްފުޅު ރިވާކުރައްވާފައިވަނީ ޢަބްދުﷲ އިބްން ޢައްބާސް އެވެ.

މި ޙަދީޘްފުޅަށް އަމަލުކުރެވޭނަމަ އަޅުގަނޑުމެންތެރޭގައި ނިކަމެތިވެ ބިކަވެފައި މިތިބަ އަނބިދަރިންތައް ތިބޭނެތޯއެވެ؟ ޒަރޫރީ ބޭނުންތައް ނުފުދި ނިކަމެތި ހާލުގައި އުޅެން އެމީހުންނަށް ޖެހޭނެތޯއެވެ؟ ވަރި މިހައި މިންވަރަށް އިތުރުވެގެންދާނެތޯއެވެ؟ މުޅި ދުނިޔެއަށް ބެލި ނަމަވެސް ވަރިކުރުމުގެ ރެކޯޑް މުސްލިމުންގެ އަތުގައި އޮންނާނެ ހެއްޔެވެ؟

އަނބިންގެ ސަބަބުން ވެސް ވަރިކުރަން ނުޖެހޭ ކަމަށް ބުނާކަށް ނެތީމެވެ. އަނބިމީހާގެ ސަބަބުން ވަރިކުރަންޖެހުނު ނަމަވެސް އެއީ ދަރިންނަށް އަޅައިނުލައި އެއްލައިލަން ޖެހެންވީ ސަބަބަކަށް ހަދާނަމަ މި ޙަދީޘްފުޅަށް އަމަލުކުރެވޭ ހެއްޔެވެ؟

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުތަކަށް އަމަލުކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އެކަމަށް އެހެން މީހުން ހޭލުންތެރިކުރުވުމަކީވެސް ކުރަންޖެހޭނެ ކަމެކެވެ. މުހިންމީ އެމީހާ އަދާކުރަންޖެހޭ މަސްއޫލިއްޔަތު ފުރަތަމަ އަދާކުރުމެވެ. އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރުމަށްފަހު އެހެން މީހުންނަށް ނަޞޭޙަތްދޭނަމަ އެކަން ޤަބޫލުކުރަން ވެސް ފަސޭހަވާނެއެވެ.

ތިމާ އަމަލުކުރަންޖެހޭ ކަންކަމަށް އަމަލުނުކޮށް އެހެންމީހުންނަށް ނަޞޭޙަތްދެމުން ދިއުމަކީ ކައްވަޅުގައި އަޒާބުލިބޭނެ ކަމެއްކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ. ވީމާ ކޮންމެ މީހަކީވެސް ހެޔޮ ކަންކަމުގައި އަމަލުކުރަންޖެހޭ މީހެއްކަން މިކަމުންވެސް ހާމަވެއެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި އިތުރު މާތް ޞަހާބީން ކަންކަމަށް އިރުޝާދު ދެއްވެވީ އެކަންކަން އެންމެ ފުރިހަމައަށް ކުރައްވަމުން ގެންދަވަމުންނެވެ. ޙެޔޮ ކަންކަމަށް ޢަމަލުކުރެއްވެވުމުގައި މީސްތަކުންނަށް ނަމޫނާ ދައްކަވަމުންނެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް