އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްވިޗް ޖެއްސުމަކާ ނުލާ "ހޫނުފެން ބޭނުން" ކަމަށް ބުނުމުން ކުރާ ކެކެންފަށާތަން ފެންނައިރުވެސް ސުވަރުގެއަށް ޝައްކުކުރަނީތަ؟: މުފްތީ މެންކް

ސްވިޗް ޖެއްސުމަކާ ނުލާ "ހޫނުފެން ބޭނުން" ކަމަށް ބުނުމުން ކުރާ ކެކެންފަށާތަން ފެންނައިރުވެސް ސުވަރުގެއަށް ޝައްކުކުރަނީތަ؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 59 ސިކުންތު

ދަންވަރު ފޯނުވުމަކީ ޢާންމު ކަމެއް ނޫނެވެ. ނަމަވެސް ދަންވަރު ވެސް ފޯނުވެއެވެ. ރޭގަނޑު ދަންވަރު ނުވަތަ ފަތިސްވުމުގެ ކުރިން ލިބޭ އެފަދަ ފޯނަކަށް ޖަވާބުދީފިނަމަ އިވޭ އެންމެ ޢާންމު އެއް ޚަބަރަކީ ކޮންމެވެސް މީހަކު މަރުވި ވާހަކައެވެ. އެއީ އެފަދަ މުހިންމު ކަމެއްގައި ނޫނީ އެގަޑީގައި ޢާންމުކޮށް މީހުން ފޯނު ނުކުރާތީއެވެ.

ވިސްނަންވީ ކޮންމެވެސް އެއްދުވަހަކު ތިބާ މަރުވި ވާހަކަ ބުނަންވެސް ބައަކު ފޯނުކުރާނެ ކަމެވެ. އެ ކޯލް ތިބާއަކަށް ނުލިބޭނެއެވެ. ލިބޭނީ ދިރިތިބި ބައަކަށެވެ. ޔަޤީންކުރަންވީ ކަމަކީ އެއީ ކޮންމެވެސް ދުވަހަކު ކޮންމެވެސް ބައަކު ކުރާނެ ކޯލެއް ކަމެވެ.

ބައެއް މީހުން ނުހަނު ޒުވާން އުމުރުގައިވެސް މަރުވެއެވެ. އަދި ވަރަށް ކުއްލި ގޮތަކަށްވެސް މަރުވެއެވެ. އެންމެ ކުޑަމިނުން ޝަހާދަތް ކިޔައިލާނެ ވަގުތުވެސް ނުލިބި މަރުވެއެވެ. އަނެއް ބައަކު ދިގު މުއްދަތެއްގައި ބަލިވެ އެނދެއްގައި އޮންނަ ފަހުންވެސް މަރުވެއެވެ. އެފަދަ މީހުންނަށް ތައުބާވުމުގެ ފުރުޞަތުވެސް ލިބެއެވެ. މާތް ﷲ ރުހިވޮޑިގެންވާ މީހެއްގެ ކިބައިން ތައުބާ ޤަބޫލުފުޅު ކުރައްވަވައެވެ.

އަނެއް ބައަކު މަރުވުމުގެ ކުރިން ކޮންމެވެސް އިޙްސާސްތަކުއް ކުރެވިގެން ވަސިއްޔަތްތަކެއް ކުރުމުގެ ފުރުޞަތުވެސް ލިބެއެވެ. ތައުބާވެ ހެޔޮ އަމަލުތައް ކުރުމުގެ ވިސްނުންވެސް ލިބެއެވެ. މިއިން އެއްވެސް ކަމަކީ އިންސާނުންގެ މޮޅުކަމަކުން މެދުވެރިވާ ކަންކަމެއް ނޫނެވެ. މިއީ ހަމަ މާތް ﷲ މީސްތަކުންނަށް ދެއްވަވާ ފުރުޞަތުތަކެވެ. އެކަލާނގެ މިންވަރު ކުރައްވަވާ އަޅުންނަށެވެ. އަޅުގަނޑުމެންނަށް އޮތީ އެ ފުރުޞަތު ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ. އެމަސައްކަތް ވާންޖެހޭނީ މާތް ﷲ އެންގެވި ގޮތުގައި ކުރާ މަސައްކަތްތަކަށެވެ. އެހެން އިބާރާތަކުންނަމަ އަޅުކަމަށެވެ. ހެޔޮ އަމަލުތަކަށެވެ.

ވިސްނަންވީ މިބުނި ކަންކަން މެދުވެރިވާނީ ކާކަށް ކޮން ގޮތަަކަށްކަން ނުއެނގޭނެ ކަމާއިމެދުގައެވެ. އެއީ ހަމަ އެކަކަށްވެސް އެނގޭނެ ކަންކަމެއް ނޫނެވެ.

މަރުވާނެ ވަގުތު އެއްވެސް މީހަކަށް އެނގޭނެނަމަ އެމީހަކު އަބަދުވެސް ހުންނާނީ މޮޔަވެފައެވެ. އެމީހަކަށް އެއްވެސް ދިރިއުޅުމެއް ނުލިބޭނެއެވެ. ދުނިޔޭގެ އެއްވެސް ކަމެއް ބޭނުމެއް ނުވާނެއެވެ. އެންމެ ކުޑަމިނުން ކާންވެސް ބޭނުމެއް ނޫނެވެ.

މީހާ މަރުވުމުން މީހާގެ ނަންވެސް ހަށިގަނޑާއި ވަކިވެގެންދެއެވެ. މިސާލަކަށް އިސްމާޢީލް ކިޔާ މީހަކު މަރުވުމުން އެއްވެސް މީހަކު އިސްމާޢީލްގެ ވާހަކައެއް ނުދައްކާނެއެވެ. ދައްކާނީ ޤަބުރުގެ ވާހަކައެވެ. އިސްމާއީލް ކޮބައިތޯ ސުވާލެއް ނުކުރާނެއެވެ. ސުވާލުކުރާނީ ޤަބުރު ކޮބައިތޯއެވެ؟ ޤަބުރު ވަޅުލައިފިންތޯއެވެ؟

އެހިސާބުން އިސްމާޢީލް ކޮބައިހެއްޔެވެ؟ އިސްމާޢީލް ވަނީ މާތް ﷲ ގެ ޙަޟްރަތުގައެވެ. އިސްމާޢީލް ދުނިޔޭގައި ހުރެ ކޮށްފައިވާ އަމަލުތަކާއި އެއްގޮތަށް އޭނާގެ ފުރާނައަށް މާތް ދެއްވެވި ނިއުމަތެއްގައެވެ.

އިސްމާއީލް ދުނިޔޭގައި އުޅެން މާތް ﷲ ދެއްވެވި ހަށިގަނޑު އޭނާއަށް އެ ގެއްލުނީއެވެ. ހަޤީޤަތަކީ އިސްމާޢީލް މަރު ނުވާ ކަމެވެ. ހަމަ އެކަނި ދިރިއުޅޭތަން ބަދަލުވީއެވެ. ދުނިޔޭގައި އުޅެން އޭނާއަށް ﷲ ތަޢާލާ ދެއްވެވި ހަޔާތް ނިމި ދާއިމީ ހަޔާތަށް ފެށުނީއެވެ.

ބައެއް މީހުންނަށް ސުވަރުގެއާއި ސުވަރުގޭގެ ނިއުމަތްތަކަށް ވިސްނަން ނުއެނގެނީއެވެ. ސުވަރުގޭގެ ނިއުމަތްތަކަށް ވިސްނަންވެސް ނުއެނގެނީއެވެ. އެކަން މީސްތަކުންނަށް އަންގަވައިދެއްވެވުމުގެ ގޮތުން ދުނިޔޭގައިވެސް ގެންދަވަނީ ކަންތައްތައް ދައްކަވައިދެއްވަމުންނެވެ.

މިސާލަކަށް މިއަދުގެ ބަދިގެއަކަށް ވަދެފައި ކުރާ ހޫނުކުރަން ސްވިޗް ޖައްސަންވެސް ނުޖެހެއެވެ. ހޫނުފެން ބޭނުންކަމަށް ބުނުމުން ކުރާ އަމިއްލައަށް ކެކެން އެބަފަށައެވެ. އޭސީއަށް ބަލަހައްޓައިގެންހުރެ އަނގައިން ބުނީމާ ފިނިހޫނުމިން އެބަ ބަދަލުވެއެވެ. ވީއިރު ސުވަރުގޭގައި ތިމާ ބޭނުންވާ ކަމެއް ހިތަށް އަރުވައިލުމުން ލިބިގެންދާނެ ކަމާއިމެދު ޝައްކުކުރަންވީ ކީއްވެގެން ހެއްޔެވެ؟

ނިކަންވިސްނައިލަބަލާށެވެ! އަހަރެމެންގެ ހަށިގަނޑަށް ބަލައިލުމުން ފެންނަ ގުނަވަންތަކާއި އެތެރެހަށީގައިވާ ގުނަވަންތައް ދެއްވެވީ ﷲ ތަޢާލާއެވެ. ލޮލަށް ފެނުމާއި ކަންފަތަށް އަޑު އިވުމާއި އިޙްޞާޞްކުރުމުގެ ބާރު ދެއްވެވީ ﷲ ތަޢާލާއެވެ. ދުނިޔޭގައި އަހަރެމެން ބޭނުންކުރާ ކޮންމެ ނިއުމަތަކީ މާތް ﷲ ދެއްވެވި ނިޢްމަތްތަކެވެ.

މިހުރިހާ ނިޢުމަތްތަކެއް ދެއްވެވުމަށްފަހު ތިބާއަށް ވަޒީފާ ދިން މީހާ ތިބާ އަޅުވެތިކުރުވާ ވަރާއި ގާތަކަށްވެސް ﷲ ތަޢާލާ ތިބާ އަޅުވެތިއެއް ނުކުރައްވަވައެވެ. 24 ގަޑިއިރަށް ބަލައިފިނަމަ މަދުވެގެން 8 ގަޑިއިރު ވަޒީފާގައި މަސައްކަތްކުރަންޖެހެއެވެ. ނަމަވެސް ﷲ ތަޢާލާ އެންގެވި ކަންކަން ކުރަން ހޭދަކުރަންޖެހެނީ މާމަދުވަގުތުކޮޅެކެވެ. އެވަރުންވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަން ބަލައިގަންނަން އަހަރެމެން މިއުޅެނީ ބުރަވެގެންނެވެ.

މަރުވާނެކަން އަހަރެމެންނަށް އެބައެގެއެވެ. ޔަޤީން ކުރެވެއެވެ. ވީއިރު އަހަރެމެންނަށް ވެގެން މިއުޅެނީ ކޮން ގޮތްތަކެއް ހެއްޔެވެ؟ ޖާހިލުކަން ފިޔަވައެވެ.

ބުއްދިވރިއަކީ މަރުވާނެކަން އެނގޭއިރު އެކަމަށް ތައްޔާރުވެގެން އަބަދުވެސް ހުންނަ މީހެކެވެ. މަރުވުމުގެ ވަގުތުގައި "ޔާﷲ! މިއަޅާ ކަންކަން ކުރީ އިނބަ ﷲ އެންގެވިގޮތުގައެވެ. މިއަޅާ ކަންކަން ކުރީ މިއަޅާއަށް ކުރެވުނުހައި ރަނގަޅަކަށެވެ. އެވަރުންވެސް މިއަޅާއަށް ފުރިހަމައަށް ނުކުރެވިހުރި ކަންކަމަށް މިއަޅާއަށް މަޢާފްކުރައްވަވާނދޭވެ!" ﷲ ތަޢާލާއަށް ދަންނަވައިލެވޭ ވަރަށް ތައްޔާރުވެގެން ހުންނަ މީހާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް