އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައްސަލަތައް ބަލައި ނުގަނެ ބޭރު ކުރުން ހުއްޓާލުމަށް ސުޕްރީމް ކޯޓަށް އިލްތިމާސް ކުރިން- ހުސްނުއްސުއޫދު

މައްސަލަތައް ބަލައި ނުގަނެ ބޭރު ކުރުން ހުއްޓާލުމަށް ސުޕްރީމް ކޯޓަށް އިލްތިމާސް ކުރިން- ހުސްނުއްސުއޫދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިނުގަނެ، ރަޖިސްޓްރާ ދޭ އެއް ޖުމްލައިގެ ޖަވާބަކުން މައްސަލަތައް ބެރުކުރުން ހުއްޓާލުމަށް އެތައް ފަހަރަކު އެކޯޓަށް އިލްތިމާސް ކުރެއްވި ކަމަށާއި އެގޮތަށް އަމަލު ކުރަމުން ދިޔަ ދިޔުން އެންމެ ފަހުން އައިސް ޖެހުނީ ޢަބްދުﷲ ސައީދާއި އަލީ ހަމީދުގެ އަމިއްލަ ގައިގައި ކަމަށް ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ހުސްނުއްސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޙައްޤު ހޯދަން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް އަޑުނާހައި، އެއްވެސް ސަބަބެއް ނެތި ބަލައި ނުގަނެ، ރަޖިސްޓްރާ ދޭ އެއް ޖުމްލައިގެ ޖަވާބަކުން މައްސަލަ ބޭރު ކުރަމުން ދިޔުން ހުއްޓާލުމަށް އެތައް ފަހަރަކު ކުރި އިލްތިމާސަށް ދިނީ ބީރު ކަންފަތެއް ކަމަށާއި މިއަދު އެއަމަލުތައް އައިސް ޖެހުނީ އަމިއްލަ ގައިގައި ކަމަށެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދު ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި ހައިކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން، އެމައްސަލަ އިސްތިއުނާފަށް ހުށަނޭޅޭނެ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ނިންމާފައެވެ.

އެނިންމުމާއި އަދި ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ދެ ފަނޑިޔާރުންގެ މަގާމު މިހާރު ގެއްލިފައިވާކަމަށް އިއްޔެވަނީ ކަނޑައެޅިފައެވެ. ނަމަވެސް އެދެބޭފުޅުންގެ ވަކީލުން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓަށް މައްސަލަ ނުވައްދާ ބޭރު ކުރުމަކުން އެބެފޭޅުނުންނަކީ ކުށްވެރިން ގޮތުގައި ކަނޑަނޭޅޭނެ ކަމަށާއި އެހެންކަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ނުގެއްލޭ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ