އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އަންގަވަނީ ނަމާދުގަ ފަރުވާކުޑަކުރާމީހުންނަށް ހަލާކުހުރިކަމަށް - ނަމާދު ނުކުރާ މީހުންގެ ޙާލަކީ ކޮބާ؟

ﷲ އަންގަވަނީ ނަމާދުގަ ފަރުވާކުޑަކުރާމީހުންނަށް ހަލާކުހުރިކަމަށް - ނަމާދު ނުކުރާ މީހުންގެ ޙާލަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

މީސްތަކުން މިއަދު ދަނީ ނަމާދު އަޅަމުންނެވެ. ނަމާދުކުރުމާއި ދުރުހެލިވަމުންނެވެ. އެފަދަ ގޮތް ގޮތަށް އަމަލުކުރަމުން ގެންދާ މީހުން ހަމައެކަނި އަލްމާޢޫން ސޫރަތުގެ 6،5،4 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވަވާފައިވާ ބަސްފުޅާއިމެދު ނިކަން ވިސްނައިލަބަލާށެވެ.

"ފަހެ އެއުރެންގެ ނަމާދާއިމެދު ޣާފިލްވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އެއުރެންނީ ހަމަ ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ."

މިކަމުން މިއެނގެނީ ބަންގިގޮވީމާ މިސްކިތައް އަރައި ހަރަންބަނދެ، ރުކޫއު ސުޖޫދުކޮށް ހަރަކާތްތަކެއް ކުރި ނަމަވެސް އެކަމުން އަދި ސަލާމަތްކަމެއް ނެތް ކަމެވެ. ނަމާދުގައި ހުންނައިރު ފުރަތަމަ ކަމެއްގެ ގޮތުން ހިތުން ނަމާދުކުރަންޖެހޭ ކަމެވެ. ހިތުން ނަމާދުނުކޮށް، ގުނަވަންތައް ހަރަކާތްކުރުމަކުން އަދި އެކުރަނީ ނަމާދަކަށް ނުވާނެ ކަމެވެ.

"އެއުރެންނީ ހަމަ ކަންދައްކަން ނަމާދުކުރާ މީހުން" ކަމަށް ވަހީ ކުރައްވަވާފައި އޮތުމުން އިތުރަށް ވިސްނަންޖެހޭނެއެވެ. މިސާލަކަށް މީހަކު ނަމާދުކުރަނީ ނަމާދުކުރާ ހިތުން ކަމަށްވާނަމަ އެކަންކުރާނީ އެކަން ކުރަން އަމުރުފުޅު ކުރެއްވެވި ﷲ ތަޢާލާ އެންގެވި ގޮތަށެވެ. ނަމާދުކުރަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދަސްކޮށްދެއްވެވި ގޮތަށެވެ. ނަމާދުގައި ކިޔާތަކެތި ހިތަށް ނަގަމުންނެވެ. ޚުޝޫއަތްތެރިކަމާއިއެކުގައެވެ.

އެކަން އެގޮތަށް ނުކޮށް އެއްވެސް ސަމާލުކަމެއް ނުދީ ހުރެގެން ހަރަކާތްތަކެއް ކުރާނަމަ އެއީ ﷲ ތަޢާލާއަށް ކުރާ ނަމާދަކަށް ނުވާނެއެވެ. ވާނީ ކޮންމެވެސް މަޤްޞަދެއްގައި ކަންދެއްކުމުގެ ގޮތުން ކުރާ ކަމަކަށެވެ. ވީމާ އަދިވެސް އެއްފަހަރު މި 3 އާޔަތަށް ވިސްނައި ފިކުރުކޮށްލާށެވެ. ޣާފިލުވެ ހުރެ ނަމާދުކުރުމަކީ ކޮބައިކަމާއި ޣާފިލުވެހުރެ ނަމާދުކުރާ މީހާގެ ޙުކުމާއިމެދު ވިސްނައިލާށެވެ.

"ފަހެ އެއުރެންގެ ނަމާދާއިމެދު ޣާފިލްވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އެއުރެންނީ ހަމަ ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ."

ޣާފިލުކަން މަތީގައި ހުރެ ނަމާދުކުރާ މީހުންނަށް ނަރަކައިގައި ޚާއްޞަ ތަނެއްވެއެވެ. ވީއިރު ނަމާދު ނުކުރާ މީހާގެ ހާލާއިމެދު ނިކަން ރަނގަޅަށް ވިސްނައިލަބަލާށެވެ. ނަރަކައިގައި ލިބެމުންދާނެ ވޭނާއި ގަދަފަދަ އަޒާބާއިމެދުގައެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް