އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރުސް: ހިލޭ އަންހެނުންނަށް ބަލަން ހޭދަކުރާ ވަގުތުގެ 10%، އަނބިންނަށް ބަލަން ހޭދަކުރާނަމަ އިންތިހާއަށް ލޯބި އިތުރުވާނެ!

ދަރުސް: ހިލޭ އަންހެނުންނަށް ބަލަން ހޭދަކުރާ ވަގުތުގެ 10%، އަނބިންނަށް ބަލަން ހޭދަކުރާނަމަ އިންތިހާއަށް ލޯބި އިތުރުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ގިނަ ބައަކު އެމީހުންގެ ގިނަ ވަގުތުތައް ހޭދަކުރަނީ ހިލޭ އަންހެނުންނަށް ބަލާށެވެ. މަގެއް މަތިން ދިއަ ނަމަވެސް އެންމެ ބޮޑަށް ސަމާލުކަން ދޭނީ ފެންނަ ހިލޭ އަންހެނުންނަށް ބަލާށެވެ. ޝޮޕިންގ މޯލެއް ފަދަ ތަނަކަށް ދިއަ ނަމަވެސް މެއެވެ. ކޮންމެ ތަނަކަށް ދިއަ ނަމަވެސް މެއެވެ. އެކަމަށް ދެވި ހިފާފައި ހުންނަވަރުން އަމިއްލަ އަނބިންނާއިއެކު ހުންނައިރުވެސް މެއެވެ.

އެގޮތަށް ކަންތައް ކުރުމަށްފަހު މިބުނަނީ އަނބިމީހާމަތިން ފޫހިވެއްޖެ ކަމަށެވެ. ނުވަތަ ފޫހިވާން ފަށައިފި ކަމަށެވެ. އެހެންވީމާ ފޫހިވާނެއެވެ. އެއީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.

ހިލޭ އަންހެނުންނަށް ބަލަން ހޭދަކުރާ ވަގުތުގެ 10 އިންސައްތަ ވަގުތު، ތިބާއަށް ﷲ ތަޢާލާ ދެއްވެވި އަނބިމީހާއަށް ބަލަން ހޭދަކުރަން ނިކަން ފަށައިބަލާށެވެ. އެކަމަކު ތިބާ އެކަމެއް ނުކުރެއެވެ. ތިބާ ބަލަނީ ތިބާ އާއި އެއްވެސް ގުޅުމެއް ނެތް ހިލޭ އަންހެނުންނަށެވެ.

ﷲ އަށްޓަކައި ބުނަމެވެ. އެހެން މީހުންގެ ދިރިއުޅުމަށް ސަމާލުކަން ނުދީބަލާށެވެ. އެހެން މީހުން ކުރާ ކަންކަމާއި އުޅޭ ގޮތާއި އަޅައިގަނެގެން ނޫޅެބަލާށެވެ. ތިބާއަށް ﷲ ތަޢާލާ ނުދެއްވަވާ ނިޢުމަތަކާއިބެހޭ ގޮތުން ﷲ ތަޢާލާ ތިބާ އާއި ސުވާލެއް ނުކުރައްވަވާނެއެވެ. ވީއިރު އަމިއްލައަށް ހަލާކުގެ ތެރެއަށް ވައްޓާލައި ބޭކާރު ބުރަތަކެއް އުފުލަން އުޅެންވީ ކީއްކުރަންހެއްޔެވެ؟

ތިބާ އާއި އެއްވެސް ގުޅުމެއް ނެތް އަންހެނުންނަށް ނުބަލަބަލާށެވެ. އަމިއްލަ ހަޔާތް އާރާސްތުކުރަން ފަށައިބަލާށެވެ! މަގުމަތިން ފެންނަ ނިކަމެތިންނަށް ނުބަލަނީ ކީއްވެގެން ހެއްޔެވެ؟ ޙާލުގައި ހުރި މީހަކު ފެނުމުން އެހީތެރިވެއްޖެނަމަ ﷲ ތަޢާލާގެ މަގުގައި އެކުރެވުނީ ބުރަދަންހުރި ހެޔޮ އަމަލެކެވެ. އެކަމަކު ކުރަނީ އެކަމެއް ނޫނެވެ. ކުރަނީ އަމިއްލަ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓައިލެވޭ ކަންކަމެވެ. ގަދަފަދަ އަޒާބުލިބޭނެ ކަންކަމެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސަލާމަތުގެ މަގަށް އެނބުރި ރުޖޫޢަވާށެވެ. ދެ ދުނިޔެއަށް ފައިދާހުރި ކަމެއް ނޫނީ ނުކުރާށެވެ!

- ލަވް އިސްލާމްގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް