އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ނަޝީދުގެ އަމިއްލަ ކެންޕޭނަށް ޖާގަ އޮތް ފަދައިން ޖޭޕީގެ އަމިއްލަ ކެންޕޭނަށް ވެސް ޖާގަ ލިބެންވާނެ: ޑރ. ޖަމީލް

ރައީސް ނަޝީދުގެ އަމިއްލަ ކެންޕޭނަށް ޖާގަ އޮތް ފަދައިން ޖޭޕީގެ އަމިއްލަ ކެންޕޭނަށް ވެސް ޖާގަ ލިބެންވާނެ: ޑރ. ޖަމީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ރައީސް މުޙައްމަދު ނަޝީދުގެ އަމިއްލަފުޅު ކެންޕޭނަށް ޖާގަ އޮތް ފަދައިން ޖޭޕީގެ އަމިއްލަ ކެންޕޭނަށް ވެސް ޖާގަ ލިބެންވާނެ ކަމަށް މިސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް، އަދި މިހާރު ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ޕޮލިޓިކަލް ޢެޑްވައިޒަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ގެންދަނީ ރިޔާސީ އިންތިޚާބަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގަމުން ނެވެ. އެއިން އެއްވެސް ކަމަކާއި ގުޅިގެން ޖުމްހޫރީ ޕާޓީން އެއްވެސް ބަހެއް ބުނެފައި ނުވި ނަމަވެސް ޖުމްހޫރީ ޕާޓީން ކުރާ ކޮންމެ ކަމަކަށްހެން އެމްޑީޕީން ފާޑުުކިޔައި ފުރައްސާރަކުރަމުން ގެންދާތީ ޖޭޕީގެ މެންބަރުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ކޯލިޝަން އުފެއްދިފަހުން ކޯލިޝަނުން އަންނަނީ ރިޔާސީ ކެންޑިޑޭޓަކަށް އެއް ކެންޑިޑޭޓަކު ނެރެން މަސައްކަތްކުރަމުންނެވެ. ނަމަވެސް އެކަމަށް އަދި މިހައިތަނަށްވެސް ވަނީ ގޮތެއް ނުފެނިފައެވެ.

"ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަން ބަދަލުކުރަން ބޭނުން. އެންމެންވެސް އެ މަންޒިލަށް މަސައްކަތް މިކުރަނީ. ރައީސް ނަޝީދުގެ އަމިއްލަ ކެންޕޭނަށް ޖާގަ އޮތް ފަދައިން ޖޭޕީގެ އަމިއްލަ ކެންޕޭނަށް ވެސް ޖާގަ ލިބެންވާނެ. ކޯލިޝަނަކުން މިކަމަކަށް ގޮތެއް ނުނިންމާ!" ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް