އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަހަތުން އަރާ ސަރބިއާ ބަލިކޮށް ސްވިޓްޒަރލޭންޑުން ދެވަނަބުރުގެ އުއްމީދު އާކޮށްފި

ފަހަތުން އަރާ ސަރބިއާ ބަލިކޮށް ސްވިޓްޒަރލޭންޑުން ދެވަނަބުރުގެ އުއްމީދު އާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ފަހަތުން އަރާ ސަރބިއާ ބަލިކޮށް ސްވިޓްޒަރލޭންޑުން ދެވަނަބުރުގެ އުއްމީދު އާކޮށްފިއެވެ.

މިއީ ފިފާ ވަރލްޑް ކަޕް 2018 ގައި ޓީމަކުން ލަނޑުޖަހާފައިވަނިކޮށް ފަހަތުން އަރާ މޮޅުވި ފުރަތަމަ މެޗެވެ.

މިރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ސަރބިއާއިންނެވެ. މި ލަނޑު މިޓްރޮވިޗް ޖަހައިދިނީ 5 ވަނަ މިނެޓުގައެވެ. ސްވިޓްޒަރލޭންޑުގެ ގޯލުކުރިމައްޗަށް ހުރަސްކުރި ބޯޅަ ގޯލަށް ވައްދާލީ މިޓްރޮވިޗް ފުންމައިގެންއަރާ ބޮލުންޖަހައެވެ.

މި ލަނޑަށްފަހު، ސްވިޓްޒަރލޭންޑުން ވަނީ ކުޅުން ރަނގަޅުކޮށް ސަރބިއާގެ ގޯލަށް ބާރުބޮޑުކޮށްފައެވެ. ނަަމަވެސް މި ހާފުގައި ނަޞީބު އަތުގާ ހިފާގޮތްވަނީ ނުވެފައެވެ.

ދެވަނަ ހާފުގައިވެސް ސްވިޓްޒަރލޭންޑުން ވަނީ ސަރބިއާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން 52 ވަނަ މިނެޓުގައި ޒާކާ ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ.

މިއީ ސަރބިއާއަށް ލިބުނު ކޯނަރެއްގައި ހެދި ކައުންޓަރ އެޓޭކެއްގައި ޖެހި ލަނޑެކެވެ. ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރެ ޒާކާ ފޮނުވާލި ބާރުހަމަލާ ގޮސްވަނީ ގޯލުގެ ކަނަށެވެ.

މި ލަނޑަށްފަހުވެސް ސްވިޓްޒަރލޭންޑުން ވަނީ ބާރު ދެތިން ޝޮޓެއް ސަރބިއާގެ ގޯލަށް އަމާޒުކޮށްފައެވެ. އޭގެ ތެރެއިން އެއްހަމަލާ ގޯލުގެ ހުރަސް ދަނޑިއަށް އަރާފައިވާއިރު، އެހެން ހަމަލާތައް ދިޔައީ ބޭރަށެވެ.

މީގެއިތުރުން ސަރބިއާއަށްވެސް ވަނީ ލަނޑުޖަހާ ނަތީޖާ ބަދަލުކޮށްލުމަށް ރަނގަޅު ޗާންސެއް ލިބިފައެވެ. 68 ވަނަ މިނެޓުގައި މިޓްރޮވިޗް ފޮނުވާލި މި ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ސްވިޓްޒަރލޭންޑަށް 3 ޕޮއިންޓު ޔަގީންކޮށްދިން ލަނޑު 90 ވަނަ މިނެޓުގައި ޖަހައިދިނީ މޮޅުކުޅުމެއް ދެއްކި ޝަގީރީއެވެ.

މި ނަތީޖާއާއެކު ބްރެޒިލް އާއި ސްވިޓްޒަރލޭންޑު ވަނީ 4 ޕޮއިންޓާއެކު އެއްވަރުވެފައެވެ. ސަރބިއާއަށް 3 ޕޮއިންޓު ލިބިފައިވާ އިރު، ކޮސްޓަރިކާއަށް ޕޮއިންޓެއް ނުލިބެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް