އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓޯނީ ކްރޫޒް ފަހުވަގުތު ޖެހި ލަނޑާއެކު ޖަރުމަނުން ސްވިޑްންގެ ހިތްތައް ރޮއްވާލައިފި

ޓޯނީ ކްރޫޒް ފަހުވަގުތު ޖެހި ލަނޑާއެކު ޖަރުމަނުން ސްވިޑްންގެ ހިތްތައް ރޮއްވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ޓޯނީ ކްރޫޒް ފަހުވަގުތު ޖެހި ލަނޑާއެކު ޖަރުމަނުން ސްވިޑްންގެ ހިތްތައް ރޮއްވާލައިފިއެވެ.

ގްރޫޕް އެފްގެ މި މެޗު ޖަރުމަނުން ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.

ފުރަތަމަ ހާފުގައި ވަރލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަން ޖަރުމަނުން ވަނީ ސްވިޑްންގެ ގޯލަށް ނުރައްކާކޮށްފައެވެ. އެހެންނަމަވެސް މެޗު ކޮންޓްރޯލުކޮށްގެން ކުޅެމުންދިޔަ ޖަރުމަނަށް ވަނީ ލަނޑެއް ޖެހުމަށް ނުކުޅެދިފައެވެ.

ފުރަތަމަ ލަނޑު 32 ވަނަ މިނެޓުގައި ޓޮއިވެނަންއެވެ. މިއީ ޖަރުމަންގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ސްވިޑްންގެ ކުޅުންތެރިއަކު ޖައްސާލި ބޯޅަ ކީޕަރުގެ ބޯމަތިން ގޯލުގެ ކަނަށް ފޮނުވާލައިގެން ޖެހި ލަނޑެކެވެ.

މީގެ އިތުރުންވެސް ދެޓީމަށް ޚާއްޞަކޮށް ޖަރުމަނަށް ލަނޑުޖަހަން ލިބުނު ޗާންސްތަކަށް ހުރަަހަކަށްވީ ސްވިޑްންގެ ކީޕަރެވެ.

ދެވަނަ ހާފުގައި ޖަރުމަނަށް އެޓީމުގެ ޗެމްޕއަންކަން ދިފާޢު ކުރުމަށް މުބާރާތައިގެން ކުރިއަށް ދިއުމަށް ކުރަންޖެހޭ މަސައްކަތް ދެގުނައަށް އިތުރުވިއެވެ.

ދެވަނަ ހާފު ފެށިގެން ސްވިޑްންގެ ގޯލަށް ހަމަލާތައް ފޮނުވުމުގެ ނަތީޖާއަކަށްވީ 48 ވަނަ މިނެޓުގައި ޖަރުމަންގެ ރޮއިސް ލަނޑެއް ޖަހާ ނަތީޖާ ހަމަކުރުމެވެ. އަދި އޭގެ ފަހުންވެސް ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ޚާއްޞަކޮށް ތޯމަސް މުލަރ ވަނީ ދެތިން ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ހުރިހާ ހަމަލާއެއްވެސް ދިޔައީ ބޭރަށެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ސްވިޑްންގެ ކުޅުންތެރިއަކަށް ޖަރުމަންގެ ބޯޓެންގ ކުރި ފައުލަކަށް ދެވަނަ ރީދޫ ކާޑާއެކު ރަތްކާޑެއް ދައްކާ އޭނާ ވަނީ ދަނޑުން ފޮނުވާލާފައެވެ.

87 ވަނަ މިނެޓުގައި ޓޯނީ ކްރޫޒް ނަގައިދިން ހުރަސް ވަރަށް ރީތިކޮށް ތޯމަސް ބޮލުން ޖެހުމުން ސްވިޑްންގެ ކީޕަރު ވަނީ ދިފާޢުކޮށްފައެވެ.

މި މެޗު 1-1 ން އެއްވަރުވެގެން ނިމެންދަނިކޮށް ޖަރުމަނަށް 3 ޕޮއިންޓު ޔަގީންކޮށްދީ ސްވިޑްންގެ ހިތްތައް ރޮއްވާލީ މެޗުގެ އިތުރުވަގުތުގެ ގޮތުގައިދެއްކި 5 މިނެޓުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ޓޯނީ ކްރޫޒްއެވެ.

ސްވިޑްންގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި ގްރޫޕުގައި މެކްސިކޯއަށް 6 ޕޮއިންޓު ލިބިފައިވާ އިރު، ސްވިޑްން އަދި ޖަރުމަނަށްވެސް މިހާރުވަނީ 3 ޕޮއިންޓު ލިބިފައެވެ. ސައުތު ކޮރެއާއަށް ޕޮއިންޓެއް ނުލިބެއެވެ.

އެހެންކަމުން ޖަރުމަނާއި ސައުތުކޮރެއާ ބައްދަލުކުރާ މެޗުގެ ފޯރި އިތުރަށް ގަދަވީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް