އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

6 ލަނޑު 1 ލަނޑުން ޕެނަމާގެ މައްޗަށް އިންގްލެންޑު ކުރިހޯދި އިރު، ދެޓީމުވެސް ތާރީޚުގެ ތެރެއަށް..

6 ލަނޑު 1 ލަނޑުން ޕެނަމާގެ މައްޗަށް އިންގްލެންޑު ކުރިހޯދި އިރު، ދެޓީމުވެސް ތާރީޚުގެ ތެރެއަށް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ރަޝިއާގައި މިހާރުނކުރިއަށްދާ ވަރލްޑް ކަޕް މުބާރާތުގެ ގްރޫޕް ޖީގައި މިއަދު ހަވީރު ކުޅުނު މެޗު ޕެނަމާ އާވާދަކޮށް 6 ލަނޑު 1 ލަނޑުން އިންގްލެންޑް ކާމިޔާބުކުރި އިރު، ދެޓީމުންވެސް ތާރީޚުގެ ސަފްޙާތަކުން ޖާގަހޯދައިފިއެވެ.

މި މެޗުގެ ފުރަތަމަަ ހާފުގައި 5 ލަނޑުޖަހާ އިންގެލެންޑުން ބޮޑުލީޑެއް ވަނީ ނަގާފައެވެ. މި ލަނޑުތަކަކީ 8 ވަނަ މިނެޓާއި 40 ވަނަ މިނެޓުގައި ޖޯން ސްޓޯންސް ޖަހައިދިން ދެ ލަނޑާއި 22 ވަނަ މިނެޓާއި ފުރަތަމަ ހާފުގެ އިތުރުވަގުތު (46 ވަނަ މިނެޓު) ގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ހެރީކޭން ޖަހައިދިން ދެ ލަނޑާއި 36 ވަނަ މިނެޓުގައި ލިންގާރޑް ޖަހައިދިން ލަނޑެވެ.

ދެވަނަ ހާފުގައިވެސް މެޗު ކޮންޓްރޯލު ކުޅެމުންދިޔަ އިންގްލެންޑުގެ 6 ވަނަ ލަނޑު 62 ވަނަ މިނެޓުގައި ޖަހާ ހެރީކޭން ވަނީ ހެޓްރިކް ހަދާފައެވެ. އޭނާގެ މި ހެޓްރިކަކީ ވަރލްޑް ކަޕް މުބާރާތެއްގައި އިންގްލެންޑުގެ ތިންވަނަ ހެޓްރިކެވެ.

މި މެޗާއެކު ޖުމްލަ 5 ލަނޑާއެކު ހެރީކޭން ވަނީ ލަނޑު ލިސްޓުގެ އެއްވަނައަށް އަރާފައެވެ.

ވަރލްޑް ކަޕްގައި އަލަށް ބައިވެރިވި ޕެނަމާ މިއަދުގެ މެޗުން ބަލިވިނަމަވެސް އެޓީމު ވަނީ ލަނޑެއްޖަހާ ތާރީޚުގެ ތެރެއަށް ވަދެފައެވެ. މި ލަނޑު ޖަހައިދިނީ ފަހު ހާފުގައި ކުޅެން ނުކުތް ބަލޯއީ އެވެ. އޭނާއަކީ ޕެނަމާ ޓީމުގައި ހުރި އެންމެ ޢުމުރުންދުވަސްވީ ކުޅުންތެރިޔާއެވެ.

މި ގްރޫޕުގައި ބެލްޖިއަމް އަދި އިންގްލެންޑަށްވެސް ވަނީ 6 ޕޮއިންޓު ލިބިފައެވެ. ޓިއުނީޝިއާ އާއި ޕެނަމާއަށް ޕޮއިންޓެއް ނުލިބެއެވެ.

މިރޭ 8 ޖަހާއިރު ކުޅޭނީ ގްރޫޕް އެޗްގެ ޖަޕާން އާއި ސެނަގާލް އެވެ. މި މެޗު ކުޅޭނީ އެރަކެޓިންގބަރގް އެރީނާގައެވެ.

ކަޒަން އެރެނާގައި މިރޭ 11 ޖަހާއިރު ބައްދަލު ކުރާނީވެސް ގްރޫޕް އެޗްގައި ހިމެނޭ ޕޮލެންޑާއި ކޮލަމްބިއާއެވެ.

މި ގްރޫޕުގައި ޖަޕާނާއި ސެނަގާލްއަށްވެސް 3 ޕޮއިންޓު ވަނީ ލިބިފައެވެ. ޕޮލެންޑު އަދި ކޮލަމްބިއާއަށް ޕޮއިންޓެއް ނުލިބެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް