އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮލަމްބިއާ އިން ސެނަގާލު ބަލިކުރި އިރު، ޕޮލެންޑުން ޖަޕާން ބަލިކޮށްފި

ކޮލަމްބިއާ އިން ސެނަގާލު ބަލިކުރި އިރު، ޕޮލެންޑުން ޖަޕާން ބަލިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ފިފާ ވަރލްޑް ކަޕްގެ ގްރޫޕް އެޗްގެ ފަހު މެޗުތަކުގައި ކޮލަމްބިއާ އިން ސެނަގާލު ބަލިކުރި އިރު، ޕޮލެންޑުން ޖަޕާން ބަލިކޮށްފިއެވެ.

ރާއްޖެގަޑިން މިރޭ 7 ޖެހި އިރު ފެށި ދެ މެޗުގެ ތެރެއިން ކޮލަމްބިއާ އާއި ސެނަގާލް ބައްދަލުކުރި މެޗު 0-1ން ކާމިޔާބުކުރީ ކޮލަމްބިއާއެވެ.

މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު 74 ވަނަ މިނެޓުގައި ޖެހީ މިނާއެވެ.

މިރޭގެ މެޗުގައި ލަނޑުޖަހަން ދެޓީމަށްވެސް ފުރުޞަތުލިބި ވަނީ ބޭކާރުވެފައެވެ.

މި ގްރޫޕުގައި ދެން ކުޅުނު މެޗުގައި ބައްދަލުކުރީ ޕޮލެންޑާއި ޖަޕާނެވެ. މި މެޗުވެސް ޕޮލެންޑުން ކާމިޔާބުކުރީ 0-1ންނެވެ.

މެޗުގެ ލަނޑު ޖަހައިދިނީ 59 ވަނަ މިނެޓުގައި ބެޓްނަރެކް އެވެ.

ގްރޫޕް އެޗްގެ މެޗުތައް ނިމުނު އިރު، ކޮލަމްބިއާއަށް ވަނީ 6 ޕޮއިންޓު ލިބިފައެވެ. އަދި ޖަޕާނާއި ސެނަގާލަށް 4 ޕޮއިންޓު ލިބިފައިވާ އިރު، ޕޮލެންޑަށް ލިބުނީ 3 ޕޮއިންޓެވެ.

މިރޭ 11 ޖަހާއިރު ކުޅޭނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު ދެމެޗެވެ. ގްރޫޕް ޖީގެ މި ދެ މެޗުގައި ބައްދަލުކުރާނީ އިންގްލެންޑް އާއި ބެލްޖިއަމް އެވެ. އަދި ޕެނަމާ އާއި ޓިއުނީޝިއާއެވެ.

ގްރޫޕުގެ އެއްވަނަ ޓީމު ކަށަވަރު ކުރުމަށް މި 4 ޓީމު ނުކުންނަ އިރު، ބެލްޖިއަމް އާއި އިންގްލެންޑް ވަނީ 6 ޕޮއިންޓާއެކު ގަދަ 16އަށް ގޮސްފައެވެ. ޕެނަމާ އަދި ޓިއުނީޝިއާއަށް ޕޮއިންޓެއް ނުލިބި ވަނީ މުބާރާތުން ކަޓާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް