އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ ސީޕީ ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ ސީޕީ ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ ކޮމިޝަނަރ އޮފް ޕޮލިސް ވާދައިގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.

އިއްޔެ އެފްއޭއެމް ދަނޑުގައި މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މުބާރާތް ފައްޓަވާ ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދުއެވެ.

މި ރަސްމިއްޔާތުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް އާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ޕޮލިސް ކުލަބު ނައިބު ރައީސް އާއި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވެފައިވެއެވެ.

މުބާރާތް ފެށުމުގެ ގޮތުންވަނީ ފުލުހުންގެ ކޮމިޝަންޑް އޮފިސަރުން ދެ ޓީމަކަށް ބަހާލައިގެން އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ.

ޖޫން މަހުގެ 30 ން ޖުލައި 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސީޕީ ކަޕްގެ ފިރިހެން ޑިވިޜަން ކުރިއަށްދަނީ ދެ ޑިވިޜަނަކަށެވެ. ފިރިހެން ޑިވިޜަންގައި ޖުމްލަ 19 ޓީމަކުންބައިވެރިވެފައިވާއިރު ފުރަތަމަ ޑިވިޜަންގައި ހިމެނެނީ 13 ޓީމެވެ. ދެވަނަ ޑިވިޜަންގައި ހިމެނެނީ 6 ޓީމެކެވެ. އަދި ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގައި 5 ޓީމަކުން ބައިވެރިވެފައިވެއެވެ.

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޜަންގެ ކުޅުން ކުރިއަށްދަނީ 13 ޓީމު ގްރޫޕްތަކަށް ބަހާލައިގެންނެވެ. އަދި ދެވަނަ ޑިވިޜަންގެ ކުޅުން ކުރިއަށްދަނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީއަށް ދާގޮތަށެވެ.

އަންހެން ޑިވިޜަންގެ ކުޅުން ކުރިއަށްދަނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ފައިނަލަށް ދާގޮތަށެވެ. އަދި އަންހެން ޑިވިޜަންގެ ފައިނަލުގައި ކުޅޭ ދެވަނަ ޓީމު ކަނޑައަޅަނީ ލީގުގެ ދެވަނަ އަދި ތިން ވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗަށް ފަހުއެވެ. ޙަބަރު ޕޮލިސް

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު