އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުދީ އަންހެނަކު ކާރު ދުއްވާތީ ކާރު އަންދާލުމުން އާ ކާރެއް ދީފި

ސައުދީ އަންހެނަކު ކާރު ދުއްވާތީ ކާރު އަންދާލުމުން އާ ކާރެއް ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

ސައުދީ ސަރުކާރުން ދިން ހުއްދައިގެދަށުން ކާރު ދުއްވަންފެށި އަންހެނެއްގެ ކާރު 2 މީހަކު ވެގެން އަންދާލުމުން ރައްޔިތުންގެ ގިނަ ބައަކު އޭނާއަށް ކާރެއް ދީފިއެވެ.

އަންހެން މީހާ ބުނީ އޭނާ ކާރު ދުއްވަން ފެށުމުން ހިސާބުގަނޑުގެ ގިނަ ބައަކު އޭނާއަށް ފުރައްސާރަކުރި ކަމަށެވެ. އޭނާ އަމިއްލައަށް ކާރު ދުއްވަން ފެށުމުގެ ކުރިން ކުދިން ސްކޫލަށް ގެންދިއުމަށާއި މައިން ބަފައިން ތަންތަނަށް ގެންދިއުން ފަދަ އަސާސީ ބޭނުންތަކަށް ކުރިން އޭނާ މަހަކު 4000 ރިޔާލަ، ޑްރައިވަރުގެ މުސާރައަށް ޚަރަދުކުރި ކަމަށާއި އެއީ އޭނާއަށް ލިބޭ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށެވެ.

ކާރުގައި ރޯކޮށްލުމުން އަނދަމުންދިއައިރުގެ ވީޑިއޯ ހާމަކޮށް އަންހެން މީހާ ބުނެފައިވަނީ އޭނާގެ ކާރުގެ އަގުވެސް އަދި ދައްކައި ނުނިމޭ ކަމަށާއި އެކަމުން އޭނާއަށް ވަރަށް ބޮޑު މާލީ ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.

އޭނާގެ ކާރުގައި ރޯކޮށްލި 2 މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް