އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްޓްރެޗަރަކަށް ލައިގެން ހޮހަޅައިގެ ތެރެއިން ފަސްވަނަ ކުއްޖާ ސަލާމަތް ކޮށްފި

ސްޓްރެޗަރަކަށް ލައިގެން ހޮހަޅައިގެ ތެރެއިން ފަސްވަނަ ކުއްޖާ ސަލާމަތް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ޝިއަންގް ރައި، ތައިލެންޑު: ތައިލެންޑުގެ ތަމް ލައުންގް ނަމަކަށް ކިޔާ ހޮހަޅައެއްގައި ތާށިވެގެން ނުނިކުމެވިފައިތިބި ކުދިންގެ ތެރެއިން މިހާތަނަށް ފަސް ކުއްޖަކު ސަލާމަތް ކޮށްފިއެވެ. ފަސްވަނަ ކުއްޖާ މިއަދު ސަލާމަތް ކޮށްފައިވަނީ ސްޓްރެޗަރަކަށް ލައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

"ދަ ވައިލްޑް ބޯސް" ނަމަކަށް ކިޔާ 12 ފިރިހެން ކުދިން ހިމެނޭ ޒުވާން ފުޓުބޯޅަ ޓީމަކާއި އެކުދިންގެ ކޯޗު ހޮހަޅައިގައި ތާށިވީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. މީޑިއާ ރިޕޯޓުތަކުން ޚަބަރު ލިބޭ ގޮތުގައި އެކުދިންނާއި ކޯޗު ހޮހަޅައިގައި ތާށިވީ، އެދުވަހު ފުޓުބޯޅަ ކުޅުމަށްފަހު ހޮހަޅައިގެ އެތެރެ ބަލާލުމަށް ވަދެ ތިއްބާ، ބޯކޮށް ވާރޭވެހި އެހޮހަޅައިން ވަދެ ނިކުތުމަށް އޮތް ޖާގަ ބެދުމުންނެވެ.

ރޮއިޓާސް އިން މައުލޫމާތު ދީފައިވާ ގޮތުގައި ހޮހަޅައިގެ ތެރެއިން ސްޓްރެޗަރަކަށް ލައިގެން ކުއްޖަކު ނެރެފައިވާކަން ފެނިފައިވެއެވެ. އަދި އެކުއްޖާގެ ގައިގެ ވަށައިގެން ފެހި ކުލައިގެ ފޮތިގަނޑެއް އޮޅާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ފަސްވަނަ ކުއްޖެއް ހޮހަޅައިގެ ތެރެއިން ސަލާމަތް ކުރެވިފައިވާ ކަމަށް ނެވީ އޮފިޝަލަކު ރޮއިޓާސް އަށް މައުލޫމާތު ދީފައިވާ ކަމަށާއި ނަމަވެސް އިތުރު ތަފްސީލެއް ނުދޭ ކަމަށް ވެސް ބުނެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ