އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަރލްޑް ކަޕް ސެމީ ފައިނަލްގެ ފުރަތަމަ މެޗު މިރޭ...

ވަރލްޑް ކަޕް ސެމީ ފައިނަލްގެ ފުރަތަމަ މެޗު މިރޭ...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ވަރލްޑް ކަޕް 2018 ހޯދުމާއި ފިޔަވަޅަކާއި ގާތަށް އެންމެ ފުރަތަމަ ޖެހިލާނީ ކޮންބައެއްކަން މިރޭ އިނގޭނެއެވެ.

ފްރާންސް އާއި ބެލްޖިއަމް ބައްދަލުކުރާ މި މެޗަކީ ހުރިހާ ގޮތަކުންވެސް ފޯރިގަދަވާނެ މެޗެކެވެ.

ފުޓްބޯޅައިގެ ގަދަބާރެއްކަމަށްވާ ފްރާންސް މިއަހަރުގެ ވަރލްޑް ކަޕް އުފުލާލުމާއި ފިޔަވަޅަކަށް ގާތަށް ޖެހިލާނެއެވެ. އަދި ބެލްޖިއަމް އިން ތާރީޚުގެ ތެރެއަށް ވަންނާނެއެވެ.

ފްރާންސް ޓީމަށް ބަލާލާ އިރު، ގްރީޒްމަން، އެމްބަޕޭ، ފަދަ ކުޅުންތެރިން ތިބި އިރު، ބެލްޖިއަމްގެ ފޯވަރޑް ލައިނަކީވެސް ދޫކުރާވަރުގެ ބައެއް ނޫނެވެ. ޚާއްޞަކޮށް ލުކާކޫ އަކީ ގޮތް ނޭނގޭ މީހެކެވެ. ކޮންމެ ވަގުތެއްގައިވެސް ނަތީޖާއަށް ބަދަލު ގެނެސްދާނެއެވެ.

އެހެންކަމުން ފުޓްބޯޅަ މެޗެއްގެ ނަތީޖާ ކަނޑައަޅަންވާނީ މެޗު ނިންމުމަށް ރެފްރީ ފުމެލާ އެންމެފަހު ކަށިގަނޑުގެ އަޑަށެވެ.

ސެއިންޓް ޕީޓަރސްބަރގް ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ 11 ޖަހާއިރު އެވެ. ފިފާ އިން ނަގާފައިވާ ވޯޓަކުން ދައްކާ ގޮތުގައި 39 އިންސައްތަ މީހުން ފްރާންސް މޮޅުވާނެކަމަށް ބުނެފައިވާ އިރު، 32 އިންސައްތަ މީހުން ބުނެފައިވަނީ ބެލްޖިއަމް މޮޅުވާނެ ކަމަށެވެ. އަދި މެޗު އެއްވަރުވާނެކަމަށް 29 އިންސައްތަ މީހުން ވަނީ ބުނެފައެވެ.

ކޮންމެއަކަސް އަޅުގަނޑު މިކަމަށް އެއްޗެއް ނުބުނާނަމެވެ. ދޫކޮށްލާނީ ތިޔަ ބޭފުޅުންގެ އަތްމައްޗަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް