އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިހި އަހަރަށް ފަހު، އެމްޓިޓީގެ ގޯލުން ފްރާންސް ފައިނަލަށް.

ވިހި އަހަރަށް ފަހު، އެމްޓިޓީގެ ގޯލުން ފްރާންސް ފައިނަލަށް.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ފިފާ ވަރލްޑް ކަޕްގެ ސެމީފައިނަލުގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދުމާއިގާތަށް ފްރާންސް ޖެހިލައިފިއެވެ.

ސެއިންޓް ޕީޓަރސްބަރގް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބެލްޖިއަމް އާވާދަކޮށް 0-1 ލަނޑުންނެވެ.

ފޯރިގަދަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބެލްޖިއަމްއެވެ.

ފުރަތަމަ ހާފު ފެށިގެން ބެލްޖިއަމުން ވަނީ ހަމަލާތައް އުފައްދަން ފަށާފައެވެ. އެހެންނަމަވެސް ލަނޑުބޯޑުން ސުމެއް ކަނޑުވާލެވޭގޮތެއް ނުވިއެވެ.

ފްރާންސުންވެސް ވަނީ ބެލްޖިއަމްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެކަމަކު ހުރަހަކަށްވީ ބެލްޖިއަމްގެ ހުޝިޔާރު ގޯލްކީޕަރެވެ.

ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނަސް 51 ވަނަ މިނެޓުގައި ފްރާންސްގެ އެމްޓިޓީ ވަނީ މެޗުގެ ހަމައެކަނި ލަނޑު ޖަހާފައެވެ. މިއީ ފްރާންސަށް ލިބުނު ކޯނަރެއް ގޯލުކުރިމައްޗަށް ހުރަސްކޮށްލުމުން ފުންމައިގެންއަރާ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން ޖެހި ލަނޑެކެވެ.

މި ގޯލަށް ފަހުވެސް ދެޓީމުން ވަނީ އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތްކޮށްފައެވެ. އެކަމަކު މެޗު ނިމުނީ މަތީޖާއަށް ބަދަލެއް ނައިސް މިއަހަރުގެ ވަރލްޑް ކަޕްގެ ފައިނަލަށް ފުރަތަމަ ދަތުރުކުރި ޓީމަކަށް ފްރާންސްވެގެނެވެ.

ފިފާ ވަރލްޑް ކަޕް ސެމީފައިނަލުގެ ދެވަނަ މެޗުގައި މާދަމާ ރޭ 11 ޖަހާއިރު ބައްދަލުކުރާނީ އިންގެލެންޑާއި ކްރޮއޭޝިއާއެވެ.

މި މެޗުން އިންގްލެންޑު މޮޅުވެއްޖެނަމަ 18 އަހަރަށްފަހު ފައިނަލަށްދާނެއެވެ. އަދި ކްރޮއޭޝިއާ މޮޅުވެއްޖެނަމަ ވަރލްޑް ކަޕް ފައިނަލުގައި ފުރަތަމަ ފަހަރަށް ކުޅުމުގެ ޝަރަފް ލިބޭނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް