ސެމީފައިނަލްގެ ދެވަނަ މެޗު އިންގްލެންޑް އަދި ކްރޮއޭޝިއާއަށްވެސް ތާރީޚީ މެޗެއް
ސެމީފައިނަލްގެ ދެވަނަ މެޗު އިންގްލެންޑް އަދި ކްރޮއޭޝިއާއަށްވެސް ތާރީޚީ މެޗެއް
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު
ރަޝިއާގެ މޮސްކޯގައި މިހާރު ކުރިއަށްދާ ފިފާ ވަރލްޑް ކަޕްގެ ފައިނަލުގެ ފަހުޖާގަ ހޯދުމަށް ކްރޮއޭޝިއާ އާއި އިންގްލެންޑު މިރޭ ނުކުންނާނެއެވެ.
ފައިނަލުގެ ފުރަތަމަ ޖާގަ ފްރާންސް އިންް ހޯދާފައިވާ އިރު، ރަޝިއާގެ ލުޒްނިކީ ސްޓޭޑިއަމްގައި ރާއްޖެގަޑިން މިރޭ 11 ޖަހާއިރު ކުޅޭ މެޗަކީ ދެޓީމަށްވެސް މުހިންމު މެޗެކެވެ.
އިންގްލެންޑަށް މި މެޗު މުހިންމުވަނީ ހަމައެކަނި ދުނިޔޭގެ ޗެމްޕިއަންކަން ލިބުމާއި ގާތަށް ދެވޭތީއެއް ނޫނެވެ. އަދި 18 އަހަރަށް ފަަހު، އިންގެންޑަށް ފިފާ ވަރލްޑް ކަޕް ތަށީގައި އަތްޖައްސާލުމުގެ ފުރުޞަތު ތަނަވަސްވާތީއާއި ކެޕްޓަން ހެރީ ކޭންއަށް 'ރަންބޫޓު' ހޯދުމަށް މަގުފަހިވާތީއެވެ.
ކްރޮއޭޝިއާއަށް މި މެޗު މުހިންމުވަނީ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ފުރަތަމަ ފަހަރަށް އެޓީމަށް ފައިނަލް ކުޅުމުގެ ފަޚުރާއި ވަރލްޑް ކަޕް ތަށި އުފުލާލާ ތާރީޚުން ރަތްވަނައެއް ފަވާލުމަށް ފުރުޞަތު ލިބޭތީއެވެ.
ވަރލްޑް ކަޕްގައި ކްރޮއޭޝިއާއަށް ލިބިފައިވާ އެންމެބޮޑު ކާމިޔާބީއަކީ އެޓީމު ވަރލްޑް ކަޕްގައި ބައިވެރިވި ފުރަތަމަ އަހަރުކަމަށްވާ 1998 ގައި ފްރާންސްގައި ބޭއްވު ވަރލްޑް ކަޕް މުބާރާތުގެ ތިންވަނައެވެ.
އެހެންކަމުން ކްރޮއޭޝިއާ ފައިނަލަށް ހިނގައްޖެނަމަ، ފްރާންސްގެ މައްޗަށް ކުރިހޯދާ، ބަދަލުހިފުމަށްވެސް މިއީ ރަނގަޅު ފުރުޞަތަކަށް ވާނެއެވެ.
މިއަހަރުގެ ވަރލްޑް ކަޕަކީ ތާރީޚް ލިޔާމީހުންގެ ގަލަންތަކަށްވެސް ގިނަ ހާދިސާތަކެއް ލިޔެލަން ލިބުނު މުބާރާތެކެވެ.
ދުނިޔޭގެ ބޮޑެތި ޓީމުތައް ހައިރާންކުރުވުމަށްފަހު، މުޅިން އަލަށް ބައިވެރިވި ޓީމުތައް ހޯދު ކާމިޔާބީތަކަކީވެސް ދައްކާ ކޮޅުންނުލާނެ ވާހަކަ ތަކެކެވެ.
ކޮންމެއަކަސް މި އަހަރުގެ ވަރލްޑް ކަޕް މުބާރާތުގެ އެންމެފަހުގެ ނިމުންތަކަށް އިންތިޒާރުކޮށްލަމާހެވެ!
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
މުހައްމަދު އަފްރާޙް
11 ޖުލައި 2018