އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެ އާ ސިންގަޕޫރާ ދެމެދު ވެވޭ "ޑަބަލް ޓެކްސް އެވޮއިޑަންސް" އެގްރިމަންޓްގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިމިއްޖެ

ރާއްޖެ އާ ސިންގަޕޫރާ ދެމެދު ވެވޭ "ޑަބަލް ޓެކްސް އެވޮއިޑަންސް" އެގްރިމަންޓްގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިމިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

ދިވެހި ސަރުކާރުން އިސްނަގައިގެންރާއްޖެ އާއި ސިންގަޕޫރު އާ ދެމެދު "ޑަބަލް ޓެކްސް އެވޮއިޑެންސް" އެއްބަސްވުމެއް އެކުލަވައިލުމާބެހޭ މަޝްވަރާތަކުގެ ފުރަތަމަބުރު ބުރާސްފަތި ދުވަހު ނިންމައިފިއެވެ.

މިރާއިން ބުނީ މި މަހުގެ 9 އިން 12 އަށް ކުރިއަށް ގެންދެވުނު މި މަޝްވަރާތަކުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ މީރާއިން ކަމަށެވެ. ރާއްޖޭގެ ވަފުދުގެ ވެރިއަކީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ހަސަން ޒަރީރެވެ.ސިންގަޕޫރު ތަމްސީލުކޮށްފައިވަނީއިންލަންޑް ރެވެނިއު އޮތޯރިޓީ އޮފް ސިންގަޕޯ އިންނެވެ. ސިންގަޕޫރުގެ ވަފުދުގެ ވެރިއަކީ ޑެޕިއުޓީ ކޮމިޝަނަރ، ޗިއާ-ޓަރން ހުއޭ މިންއެވެ.

"ޑަބަލް ޓެކްސް އެވޮއިޑަންސް" އެއްބަސްވުމެއް އެކުލަވާލެވުމުން، ދެ ގައުމުގެ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނެވި، ދެ ގައުމުގެ މެދުގައި ޓެކުހާގުޅޭ މަޢުލޫމާތުތައް ބަދަލުކުރުމަށް މަގު ފަހިވެގެންދާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު