އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއިން ލިބެންހުރި ޞިއްޙީ ފަރުވާ - ފަޤީރުންނަށް އޮތީ އިންތިޒާރުގަ މަރުވުން ނޫން ކޮންގޮތެއް؟

ރާއްޖެއިން ލިބެންހުރި ޞިއްޙީ ފަރުވާ - ފަޤީރުންނަށް އޮތީ އިންތިޒާރުގަ މަރުވުން ނޫން ކޮންގޮތެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

އޭނާއަކީ އުމުރުން 70 އަހަރުވަރުވެފައިވާ މީހެކެވެ. ޑޮކްޓަރަށް ދެއްކުމުން ބުނީ ހިތުގައި ބްލޮކެއް އިންކަމަށް ތުހުމަތުކުރެވޭ ކަމަށާއި އެންޖިއޮގްރާމެއް ހަދަން ޖެހޭ ކަމަށެވެ.

އައިޖީއެމްއެޗްގެ ކާޑިއެކް ލެބަށް ދެއްކުމުން ބުނީ އާޖަންޓް ނޫން ކަމަށާއި އާޖަންޓް މީހުންގެ ކިޔޫ ނިމުމުން ޢާންމު މީހުންގެ ކިޔޫތަރުތީބުން ގޮސް ޖެހުނީމާ ގުޅާނެ ކަމަށެވެ.

ބަލިމީހާއަކީ ރާއްޖެތެރޭ މީހެކެވެ. މާލެ އައިސް ހުންނަން ޖެހެނީ ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. ހަމައެއާއިއެކު ބަލި މީހާއަށް އަދިވެސް ލުޔެއް ނުލިބެތީ އަނބުރާ ރަށަށް ދެވޭކަށް ނެތެވެ.

އެހެންކަމުން ދެން ގޮތެއް ފެނޭތޯ ގުޅީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން ވާހަކަ ދެއްކީ ވަރަށް ރަނގަޅަށެވެ. ދިވެއްސަކަށް ވިތީ ވަގުތުން 30 އިންސައްތަ ޑިސްކައުންޓް ދޭނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް ޑިސްކައުންޓް ކެނޑުމުން ވެސް އަގަކީ 14،000 ރުފިޔާ އާއި 22،000 ރުފިޔާ އާއި ދެމެދުގެ އަގެއް ކަމަށް ބުންޏެވެ.

ދެން ބެލީ ސްރީލަންކާއަށް ގޮސްގެން ޓެސްޓް ހެދުމަށެވެ. ލަންކާ ހޮސްޕިޓަލުގެ އަގު ވަރަށް ރަނގަޅެވެ. ލަގްޒަރީ ކޮޓަރިއެއްގައި އެޑްމިޓްވެގެން ޚިދުމަތް ހޯދި ނަމަވެސް ހުރިހާ ކަމަކަށް ޚަރަދުވާނެ ކަމަށްވަނީ 60،000 ލަންކާ ރުޕީސްއަށްވުރެ ދަށް އަދަދެކެވެ. އެހެންކަމުން އެއީ 400 ޑޮލަރެވެ. 6،000 ދިވެހި ރުފިޔާވަރެވެ.

މިހިސާބުން އުފެދޭ މައްސަލައަކީ ބަލިމީހާ އާއި އެހީތެރިޔާގެ ދެކޮޅު ޓިކެޓުގެ އަގެވެ. ކިތަންމެ އަވަސް ކުރި ނަމަވެސް ދަތުރަށް 4،3 ދުވަސް ނަގާނެއެވެ. ހުރުމާއި ކެއުމުގެ ޚަރަދެވެ.

ޓެސްޓަކީ ރާއްޖެއިން ހެދެންހުރި ޓެސްތަކަށްވާތީ އާސަންދައެއް ނުލިބޭނެއެވެ. އެހެންކަމުން ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟ ފަރުވާ ނުލިބުނު ނަމަވެސް މާލޭގައި ހުންނަން ދައްކަންޖެހޭ ކޮޓަރި ކުލި ނުދެއްކިގެން، ކައި ބޮއި ހަދާނެ ފައިސާ ނެތިގެން އަނބުރައި ރަށަށް ދާންވީ ހެއްޔެވެ؟ މިއަށްވުރެ ލުއި ފަސޭހަ ގޮތެއް ހަމަ ރައްޔިތުންނަށް ނެތީހެއްޔެވެ؟ އަލަށް ހުޅުވައި ޚިދުމަތްދޭ ތަންތަނުން މިއަށްވުރެ ލުއި ގޮތަކަށް ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަ ހަމަނުޖެހޭނެ ހެއްޔެވެ؟ އައިޖީއެމްއެޗްގެ ކިޔޫ މިހައި ދިގުވެގެންދާއިރުވެސް ޓްރީޓޮޕަށް ހަމަ އާސަންދަ ހަމަޖައްސައި ނުދޭނީ ހެއްޔެވެ؟

ޞިއްޙީ ދާއިރާ ކިތަންމެ ކުރިއަރައިގެން ދިއަ ނަމަވެސް ރާއްޖޭގައި އަދި އޮތް ނިޒާމަކީ ފަޤީރުންނަށް އޮތީ ހަމަ ތެޅިތެޅި މަރުވުން ނޫން ހެއްޔެވެ؟ ގިނަ ބައެއްގެ ދުޢާއަކީ މިހާލަތުން ސަލާމަތްވެވުމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Hame 2018-07-14 17:11:51

Sarukaarun 5000 rf ge bodu adhadheh dheyiru thivaru nuvaanee keehvetho. Meege kuriakun thi umuruge meehaka sarukaarun thivaruge bodu adhadheh nudhey. Ekam ves beysfaruva ah Lanka India adhi enoon gaumuthakahves dhiya. Sarukaarun kendi neylhi masaiykaiy kuranee sihhee dhaairaa ithurah kuriaruva faseyhain balimeehun beleyne inthizaam hamajassan.

faara 2018-07-14 18:59:56

Kaley men MDP verikamuga raai ethereyga meehun hilly maaleyga thieves goiI hadhaanee adhi tree topn hilly beys kure eye dhw


އަބްދުއްލަތީފް