އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެމްޕޭނަށް ބުރޫޢު އަރުވަން ބަޔަކު އުޅުން ވެގެން ދާނީ ބޭކާރު ކަމަކަށް، އަހަރެންގެ ފުރިހަމަ ތާއީދު ފައިސަލް އަށް- މީކައިލް ނަސީމް

ކެމްޕޭނަށް ބުރޫޢު އަރުވަން ބަޔަކު އުޅުން ވެގެން ދާނީ ބޭކާރު ކަމަކަށް، އަހަރެންގެ ފުރިހަމަ ތާއީދު ފައިސަލް އަށް- މީކައިލް ނަސީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

މީގެ ތިން އަހަރު ކުރިން (2015) ގައި ކުރި ޕޯސްޓެއްގެ ސްކްރީންޝޮޓް މިހާރު ނަގައިގެން، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެމްޕޭނަށް ބުރޫޢު އަރުވަން ބަޔަކު މަސައްކަތް ކުރުން ވެގެން ދާނީ ބޭކާރު މަސައްކަތަކަށް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޔޫތު ވިންގް ގެ ރައީސް މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑީޑޭޓުގެ ރަނިންމޭޓު ފައިސަލް ނަސީމް ގެ ކާރަށް ގަދަކަމުން މީކާއިލް އަރުވަން އުޅުން ކަމަށް ބުނެ ފޭސްބުކް މެދުވެރިކޮށް އޭނާ 2015 ވަނަ އަހަރު ކުރި ޕޯސްޓެއްގެ ސްކްރީންޝޮޓެއް ބައެއް ފަރާތްތަކުން އާންމު ކުރަމުންދާއިރު، ފައިސަލް ނަސީމަށް މީކާއިލްގެ ތާއިދެއް ނެތް ކަމަށް ބުނެ ވެސް ބަޔަކު މީހުން ވަނީ އަޑު ފަތުރާފައެވެ.

މިއަޑުތަކަށް ރައްދު ދެއްވަމުން މީކާއިލް އިއްޔެ ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެޕޯސްޓަކީ އެދެބޭފުޅުންގެ ދެމެދުގައި އުފެދުނު ކުށްހީއެއްގެ ސަބަބުން ކުރެވުނު ޕޯސްޓެއް ކަމަށާއި އެޕޯސްޓު ޑިލީޓުވެސް ކުރެއްވި ކަމަށެވެ. އެހެންކަމުން މިހާރު އެޕޯސްޓުގެ ސްކްރީންޝޮޓް ނަގައިގެން ކެމްޕޭނަށް ބުރޫޢު އަރުވަން ބަޔަކު މަސައްކަތް ކުރުމަކީ ނާތަޙުޒީބު އަދި ބޭކާރު ކަމެއް ކަމުގައި މީކާއިލް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މީކާއިލް ވިދާޅުވެފައިވަނީ އެމްޑީޕީގެ ފަރާތުން ނެރިފައިވާ ކެންޑިޑޭޓުގެ ރަނިންމޭޓު، ފައިސަލް ނަސީމް އަށް، އޭނާގެ ފުރިހަމަ ތާޢީދު ލިބިގެންވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ