އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފ. އަތޮޅުގައިހުރި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ޤާނޫނުތަކަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

ފ. އަތޮޅުގައިހުރި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ޤާނޫނުތަކަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ފ. އަތޮޅުގައިހުރި ސަރުކާރުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޤާނޫނުތަކަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

ޖުލައި 18ވަނަ ދުވަހުފެށި މިޕްރޮގްރާމް ފ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ފ. އަތޮޅުގެ ރަށްރަށުގައިހުރި ސަރުކާރުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް، މިޕްރޮގްރާމްގެ ދަށުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ތަފާތު އެކި ޤާނޫނުތަކާއި ޤަވާއިދުތަކާއި އެޤާނޫނުތަކުން ރައްޔިތުންނަށް ލިބިދީފައިވާ ހިމާޔަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މަޢުލޫމާތުދީ ޤާނޫނުތަކަށް އަހުލުވެރި ކުރުވުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން އާއްމު ދިރިއުޅުމުގައި ދިމާވަމުންދާ ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް މަސައްކަތް ކުރާނެގޮތާއި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާތީ އެފަދަ ކަންކަމުން ރައްކާތެރިވުމަށް މަސައްކަތް ކުރާނެގޮތް އޮޅުންފިލުވައި ދިނުމަށް ހަމަޖެހިފައިވެއެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމް ނިލަންދޫގައި އިއްޔެ ފަށާފައިވާއިރު، އެއްގަމު އުޅަނދު ދުއްވުމުގެ ޤާނޫނާއި ގުޅޭގޮތުން ފ. އަތޮޅު ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަޢުލޫމާތު ދީފައިވެއެވެ.

ޙަބަރު ޕޮލިސް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު