އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީން އެންމެ ބިރުގަންނަނީ ސިޔާދު ފަދަ ވައްކަން ނުކޮށް ހަރުދަނާ ކަމާއެކު އުޅޭ ރަނގަޅު ޒުވާނުން ދެކެ: ޢަލީ ޙުސައިން

ރައީސް ޔާމީން އެންމެ ބިރުގަންނަނީ ސިޔާދު ފަދަ ވައްކަން ނުކޮށް ހަރުދަނާ ކަމާއެކު އުޅޭ ރަނގަޅު ޒުވާނުން ދެކެ: ޢަލީ ޙުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު


ރައީސް ޔާމީން އެންމެ ބިރުގަންނަނީ ސިޔާދު ފަދަ ވައްކަން ނުކޮށް ހަރުދަނާ ކަމާއެކު އުޅޭ ރަނގަޅު ޒުވާނުން ދެކެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙޫސައިން މިމޭރުމުން ވިދާޅުވެފައިވަނީ ކުރާ ތުހުމަތުތައް ވަހުތާނެއް އަނބުރަމުން، ސިޔާދު ޖަލު ބަނދުގައި ބަހައްޓާތާ 6 މަސްފުރެންދާއިރު އެކަމަށް ކަންބޮޑުވުން ފައުޅުކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.
ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ޤާސިމް ޖަލުގައި ބަންދުކޮށްފައި ހުރީ ނުހައްޤުން ކަމަށާއި ސިޔާދު ބަންދުގައި ބަހައްޓަނީ ޤާސިމް އިބްރާހީމްގެ ހިތަށް ތަދުކޮށް އަނިޔާ ދިނުމަށް ކަމަށްވެސް ޢަލީ ޙޫސައިން ވަނީ ވިދާޅުވެފައެވެ.

"އިބްރާހީމް ސިޔާދު ނުހައްޤުން ޖަލުގައި ބަންދުކޮށްފައި ހުރީ ޤާސިމް އިބްރާހީމްގެ ހިތަށް ތަދުކޮށް އަނިޔާ ދިނުމަށް. ޔާމީން އެންމެ ބިރުގަންނަނީ ސިޔާދު ފަދަ ވައްކަން ނުކޮށް ހަރުދަނާ ކަމާއެކު އުޅޭ ރަނގަޅު ޒުވާނުން ދެކެ. ސިޔާދު މިނިވަންކުރޭ."




ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް