އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނިމާދޫ ނަރުދަމާގެ ނިޒާމު އިފްތިތާޙްކޮށްފި

ހަނިމާދޫ ނަރުދަމާގެ ނިޒާމު އިފްތިތާޙްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު


ހދ. ހަނިމާދޫ ނަރުދަމާގެ ނިޒާމު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު އެ ރަށުގައި ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި ނަރުދަމާ ނިޒޢމު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުޤ ޔާމީން އެވެ.

އެންވަޔަރަންމަންޓް މިނިސްތްރީން ބުނީ މި މަޝްރޫޢުއަކީ އަމިއްލަ ފަރާތްތަކުގެ ހިއްސާއާއިއެކު (ޕްރައިވެޓް ވިލާ އިމާރާތް ކުރުމުގެ މޮޑެލްގެ ދަށުން ހައުސިންގ މިނިސްޓްރީން ކުރިއަށްގެންދާ ހައުސިންގ ޔުނިޓް އިމާރަތް ކުރުމުގެ މަޝްރޫޢުގެ ތެރެއިން) ކުރިއަށް ގެންދެވޭ ނަރުދަމާގެ މަޝްރޫޢެއްކަމަށެވެ.

ހދ.ހަނިމާދޫގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި 13 މެއި 2013ގައި ވަނީ ނޫމަޑި ރިސޯރޓްސް އެންޑް ރެސިޑެންސްއާއި ޙަވާލުކޮށްފައެވެ .އަދި ހަނިމާދޫގައި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ނިންމާފައިވަނީ ޖޫން 2017 ގައެވެ.

މިމަޝްރޫޢުގެ ދަށުން ރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކުރުމާއި، އޭގެ މައްޗަށް ބިނާކޮށް ޑިޒައިން ކުރުމާއި އީ.އައި.އޭ މަސައްކަތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން ރަށުގައި 3 ޕަމްޕް ސްޓޭޝަން ބަހައްޓައި 16.5 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ޤާއިމުކުރެވިފައެވެ. އަދި އެ ރަށުގެ 900ގެއަށް ވަނީ މި ޚިދުމަތް ދެވިފައެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 300 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅާފައެވެ. މިގޮތުން މި ނިޒާމުގެ ޚިދުމަތް 19 ޖޫން 2017އިން ފެށިގެން ފެނަކަ ކޯޕަރޭޝަނުންދަނީ އެރަށުގައި ފޯރުކޮށްދެމުންނެވެ.





ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް