އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕާކިސްތާނުގެ އެންމެ ދިގު އަންހެން މީހާ، ޒައިނަބު ބީބީ މަރުވެއްޖެ

ޕާކިސްތާނުގެ އެންމެ ދިގު އަންހެން މީހާ، ޒައިނަބު ބީބީ މަރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ޕާކިސްތާނުގައި ހުރި އެންމެ ދިގު އަންހެން މީހާ، ޒައިނަބު ބީބީ، މިއަދު މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި، ކުއްލިގޮތަކަށް ބަލިހާލަތު ދަށްވުމުގެ ސަބަބުން ޒައިނަބު ވަނީ ވަރަށް ފަހުން ފައިސަލްއާބާދުގައި ހުންނަ އެލައިޑް ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައެވެ.

އިސްކޮޅުގައި ހަތް ފޫޓު ދެ އިންޗި ހުރި ޒައިނަބު ވަނީ 2003 ވަނަ އަހަރު، ދުނިޔޭގައި ހުރި އެންމެ ދިގު މީހާގެ ލަގަބު ހޯދާފައެވެ. އަދި ޖިނަސް ބުކް އޮފް ވޯލްޑް ރިކޯޑް އަށް ވެސް އޭނާގެ ނަން އަރާފައިވެއެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ޑޯން ނޫހަށް ދިން ބަސްދީގަތުމެއްގައި ޒައިނަބް ބުނެފައިވަނީ އޭނާއަށް ހަކުރު ބައްޔާއި އޮސްޓިއޯޕޮރޯސިސް ނަމަކަށް ކިޔާ ބައްޔެއް ޖެހިފައިވާ ކަމަށާއި ބޭސްފަރުވާއަށް ޕާކިސްތާނު ސަރުކާރުގެ އެހީއަށް އެދިފައިވާ ކަމަށެވެ.

ޕާކިސްތާނުގެ އެއިރުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް، ޒައިނަބުގެ ބޭސްފަރުވާއަށް ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދެ މިލިއަން ރުޕީސް ހަދިޔާ ކުރި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ