އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަހާރެހެންދި ފާޠިމަތު އިބްރާހީމް ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރައްވައިފި

މަހާރެހެންދި ފާޠިމަތު އިބްރާހީމް ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

މަހާރެހެންދި ފާޠިމަތު އިބްރާހީމް ފުވައްމުލަކު ރައްޔިތުންނާއި ބައްދަލުކުރައްވައިފި އެވެ.

މިކަމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީހް މިއަހަރުގެ ވޯލްޑްކަޕް ފައިނަލް މެޗްގައި ދެ ޓީމުން ވެސް ލަނޑުޖެހީ އެއްވަރަކަށް ކަމަށާއި ނަމަވެސް ފްރާންސަށް 1 ލަނޑު އިތުރުވީ ތަޖުރިބާގެ ސަބަބުން ކަމަށެވެ.



މަޞީޙް ވިދާޅުވީ ރައީސް ޔާމީނަކީ ވެސް އެފަދަ ބޮޑު ތަޖުރިބާކާރެއް ކަމަށާއި ނަތީޖާއެއްގެ ގޮތުން ފުވައް މުލަކުގައި އެކަނިވެސް 753 މިިލިއަން ރުފިޔާގެ މަޝްރޫއު ސަރުކާރުން ގެންދަނީ ހިންގަމުން ކަމަށެވެ. އަދި އެއިގެ ތެރެއިން ބައެއް މަޝްރޫއުތައް މިހާރުވެސް ނިމިފައިވާ ކަމަށެވެ.



މަސީޙް ވިދާޅުވީ ރައީސް ޔާމީނުގެ ތަޖުރިބާގެ ސަބަބުން 23 ސެޕްޓެމްބަރުގެ މެޗްގައި އިދިކޮޅު ފަރާތްތަކަށް ހިފަހައްޓައި ނުލެވޭނެ ކަމަށާއި ތިބޭނީ ގުނބުހެލިފައި ކަމަށެވެ. އަދި ރައީސް ޔާމީން އިތުރު ދައުރަކަށް އިންތިޚާބުކުރަންޖެހެނީވެސް ތަޖުރިބާގެ ސަބަބުން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް