އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

4 ދަރިންގެ މަންމައަކު ބޯއި ފްރެންޑް ޖަލު ބަންދުން ސަލާމަތްކުރަން 21 މިލިއަން ޑޮލަރު ޚަރަދުކޮށްފި

4 ދަރިންގެ މަންމައަކު ބޯއި ފްރެންޑް ޖަލު ބަންދުން ސަލާމަތްކުރަން 21 މިލިއަން ޑޮލަރު ޚަރަދުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު


ޢަބްދުއްލަޠީފް

4 ދަރިންގެ މަންމައަކު އޭނާގެ ޒުވާން ބޯއި ފްރެންޑް ޖަލު ބަންދުން ސަލާމަތްކުރަން 21 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްފިއެވެ.

2015 ވަނަ އަހަރު މޭރީއަށް ވަނީ އެމެރިކާގެ ލޮޓަރީއަކުން 188 މިލިއަން ޑޮލަރު ލިބިފައެވެ. އެއިގެފަހުން މިހައިތަނަށް ބޯއި ފްރެންޑު ޖަލުން ސަލާމަތްކުރަން ކަފާލަތުގެ ގޮތުގައި ވަނީ 21 މިލިއަން ޑޮލަރު ދައްކައިފައެވެ.

ފުރަތަމަ ފަހަރު 3 މިލިއަން 2 ވަނަ ފަހަރު 6 މިލިއަން އަދި 3 ވަނަ ފަހަރު 12 މިލިއަން ޑޮލަރެވެ. މީގެ އިތުރުން ވަކީލުންނަށް ވަނީ ދޮޅު މިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ. 3 ފަހަރުވެސް އޭނާ ޖަލަށްލާފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައެވެ.

އުމުރުން 19 އަހަރުގެ ޖޮނަތަންއަށް 35 މިލިއަން ޑޮލަރު ލިބުމުން އޭނާ ޤަޞްދުކުރީ އޭނާއަކީ ރެސްލިންގ ކުޅޭ އަންހެނަކަށްވާތީ ހަމައެކަނި އަންހެނުން ބައިވެރިވާ ރެސްލިން މުބާރާތެއް ބާއްވާށެވެ. މުބާރާތް ބޭއްވުމަށްޓަކާ 35.3 މިލިއަން ޑޮލަރު ޚަރަދުކުރިތަނާ މުބާރާތް ކެންސަލް ކުރަންޖެހުމުން ވަނީ އެކުގައި ބަނގުރޫޓުވެފައެވެ.

އަތަށް ގިނަ އަދަދެއްގެ ފައިސާ އެރުމުން ގިނަ ބައަކު މޮޔަވާކަމަށްބުނެ ނޫސްތަކުގައި ގެންދަނީ ފާޑުކިޔަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް