އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުދިން މަރާފަ ވަޅުލާކަމުގެ ތުހުމަތުގަ ކުޑަކުދިން ބަލަހައްޓާ ތަނެއްގެ ގޯތިތެރެ ކޮންނަން ފުލުހުން ނިންމައިފި

ކުޑަކުދިން މަރާފަ ވަޅުލާކަމުގެ ތުހުމަތުގަ ކުޑަކުދިން ބަލަހައްޓާ ތަނެއްގެ ގޯތިތެރެ ކޮންނަން ފުލުހުން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު


ކުޑަކުދިން މެރުމަށްފަހު ވަޅުލާކަމުގެ ތުހުމަތުގައި އިންޑިއާގެ ބިހާރު ސްޓޭޓްގެ މުޒައޝފަރުޕޫރުގައި ހުންނަ ކުޑަކުދިން ބަލަހައްޓާ ތަނެއްގެ ގޯތިތެރެ ކޮންނަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން އެކަންކުރަން ނިންމީ އެތަނުގައި ރޭޕްކުރެވުނުކަން މިހައިތަނަށް ޔަޤީންކުރެވޭ 20 ކުދިންގެ ތެރޭގައި ހިމެނޭ ކުއްޖަކު ދީފައިވާ ބަޔާނަކާއި ގުޅިގެންނެވެ. އެކުއްޖާ ބުނެފައިވަނީ އެތަނުގެ މުވައްޒިފުންނަށް އެއްބާރުލުން ނުދިން ކުއްޖަކަށް އަނިޔާކޮށް މަރާލި މަންޒަރު ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެތަނުގައި ހުރި އެއްވެސް ކުއްޖަކު މަރުވިކަން ރެކޯޑްތަކުން އެނގެން ނެތުމުން މަރައިލި ކުއްޖާ އެތަނުގައި ވަޅުލާފައިވާ ކަމަށް ތުހުމަތުކުރާ ކަމަށެވެ.

މިއަަހަރު ކުރީކޮޅު ފެންމަތިވި މައްސަލަތާއި ގުޅިގެން ކުރި ތަޙްޤީޤުން އެތަނުގައި ތިބި 80 އަށްވުރެ ގިނަ ކުދިން ރޭޕްކޮށްފައިވާކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

މިތަނަކީ ސަރުކާރުން ހިންގާ ތަނަކަށްވުމުން ކުދިން ބެލެހެއްޓުމުގައި ސަރުކާރު ފޭލްވެފައިވާ ކަމަށް ބުނެ ރައްޔިތުން ގެންދަނީ ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރަމުންނެވެ. މިކަމާއި ގުޅިގެން އަދި މިހައިތަނަށް ބަންދުކޮށްފައިވަނީ މުނިސިޕަލިޓީ ޮފިޝަލެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް