އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިއްރުފުށި ރިޒޯޓުގަަ ހެދިތަނެއްގަ ބުދު ބެހެއްޓުމުން ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފައުޅުކުރަން ފަށައިފި

ސިއްރުފުށި ރިޒޯޓުގަަ ހެދިތަނެއްގަ ބުދު ބެހެއްޓުމުން ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފައުޅުކުރަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށީގެ މޫދުގައި މޫދު އަޑި ފެންނަ ގޮތަށް ހެދި މިޔުޒިއަމެއް ފަދަ ތަނެއްގައި ބޮޑެތި ބުދު ބެހެއްޓުމުން ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފައުޅުކުރައްވަން ފަށްޓަވައިފިއެވެ.

އައްޝައިޚް ޢަލީ ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ކަނޑައެޅިގެން ލާދީނީ ޢަމަލެއް ކަމަށާއި ކޮންމެ އިރަކު ކުރިނަމަވެސް އަދި ކޮންމެ މީހަކު ކުރިނަމަވެސް ގޯސްކަމެއް ވާނީ ގޯސް ކަމަކަށް ކަމަށެވެ.



ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މިފަދަ ކަންކަން ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި ޕޮލިސްގެ އިންޓެލިޖެންސަށް މިކަހަލަ ކަންކަމުގެ ޚަބަރު ހަމަ ނުލިބެނީތޯ؟ އާއި މި މުންކަރާތް ހުއްޓުވާނެ މީހަކު 100% މުސްލިމް ދިވެހިރާއްޖޭގައި ހަމަ ނެތީތޯ ވެސް ޝައިޚް ޢަލީ ޒައިދު ވަނީ ސުވާލުކުރައްވައިފައެވެ.



އެތަނުގައި ބަހައްޓާފައިވާކަމަށް ފޮޓޯއިން ފެންނަ ބުދު ފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި ގެންގުޅުމަކީ ރާއްޖޭގެ ޤާނޫނު އަސާސީގައި މަނާކޮށްފައިވާ ކަންކަމެވެ. ލިބެމުންދާ މައުލޫމާތަށް ބަލާއިރު އެ މިޔުޒިއަމްގައި ބޮޑެތި 30 ބުދު ވަނީ ބަހައްޓައިފައެވެ.



"މިއީ ކަނޑައެޅިގެން ލާދީނީ ޢަމަލެއް! ކޮންމެ އިރަކު ކުރިޔަސް ކޮންމެ މީހަކު ކުރިޔަސް ގޯސްކަމެއް ވާނީ ގޯހަށް. މިފަދަ ކަންކަން ވަގުތުން ހުއްޓުވަންޖެހޭ! ފިޔަވަޅު އަޅަންޖެހޭ! ޕޮލިސްގެ އިންޓެލިޖެންސަށް މިކަހަލަ ކަންކަމުގެ ޚަބަރު ހަމަ ނުލިބެނީބާ؟! މި މުންކަރާތް ހުއްޓުވާނެ މީހަކު ނެތީބާ؟!"

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް