އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕާކިސްތާނުގައި ބޮމެއް ގޮއްވާލާ 30 މީހުން މަރުވެއްޖެ، އައިއެސް އިން މިހަމަލާގެ ޒިންމާ ނަގައިފި!

ޕާކިސްތާނުގައި ބޮމެއް ގޮއްވާލާ 30 މީހުން މަރުވެއްޖެ، އައިއެސް އިން މިހަމަލާގެ ޒިންމާ ނަގައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ޕާކިސްތާނުގައި މިއަދު އެޤައުމުގެ އާންމު އިންތިހާބުގައި ވޯޓުލަމުން ދަނިކޮށް، ހުޅަނގު ދެކުނު ގުއެޓާގައި ދިން ޖާނުންފިދާ ވުމުގެ ބޮމުގެ ހަމަލާއެއްގައި މިހާތަނަށް 30 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމް ވެއްޖެއެވެ.

މީޑިއާ ރިޕޯޓުތަކުން ބުނާގޮތުން މިހަމަލާއަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއެއް ކަމަށް، އެޖަމާޢަތުން ކަށަވަރު ކޮށްދީފައިވެއެވެ.

އޭއެފްޕީ އަށް މައުލޫމާތު ދެމުން ގުއެޓާގެ ލޯކަލް އެޑްމިނިސްޓްރޭޝަން އޮފިޝަލު ޙާޝިމް ޣިލްޒާއީ ބުނެފައިވަނީ ގައިގާ ބޮން ހަރުކޮށްގެން އައި މީހާ މަސައްކަތް ކުރީ ވޯޓުލާ މަރުކަޒު ތެރެއަށް ކަމަށެވެ. ނަމަވެސް ފުލުހުން އޭނާ އެތަނުގެ ތެރެއަށް ވަނަ ނުދިނުމުން އަމިއްލަ ނަފްސާއެކީ ބޮން ގޮއްވާލީ ކަމަށް ވެސް އޮފިޝަލް ބުނެފައިވެއެވެ.

ގުއެޓާގައި ހުންނަ ސަންޑެމަން ޕްރޮވިންޝަލް ހޮސްޕިޓަލުގެ ތަރުޖަމާނު ޑރ. ވާސިމް ބައިގް ބުނެފައިވަނީ، މިހަމަލާގެ ސަބަބުން ކުރިން މަރުވެފައިވަނީ 28 މީހުން ކަމަށާއި، ނަމަވެސް ޒަޚަމްވީ މީހުންގެ ތެރެއިން ފަރުވާ ދެމުން ދަނިކޮށް އިތުރު ދެމީހަކު މަރުވެ، އަދަދު މިހާރު 30 އަށް އަރާފައިވާ ކަމަށް ޑރ. ބައިގް ބުންޏެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ