އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑިޕްރެޝަންގެ މައްސަލަ ހުރި ހަމަ އެކަކު ނެތް މުޖުތަމައުއެއް އެބައޮތް، އެއީ ވަރަށް ހަރަކާތްތެރި ބައެއް: ވައްހާޖް ޠަރިން

ޑިޕްރެޝަންގެ މައްސަލަ ހުރި ހަމަ އެކަކު ނެތް މުޖުތަމައުއެއް އެބައޮތް، އެއީ ވަރަށް ހަރަކާތްތެރި ބައެއް: ވައްހާޖް ޠަރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ޑިޕްރެޝަންގެ މައްސަލަ ހުރި ހަމަ އެކަކު ނެތް މުޖުތަމައުއެއް އެބައޮތެވެ. އެއީ ވަރަށް ހަރަކާތްތެރި ބައެކެވެ. ކޮންމެ ދުވަހަކުވެސް ކާނެ ޖަނަވާރު އެމީހުން ޝިކާރަކުރަނީއެވެ. ތަރުކާރީވެސް ބޭނުންކުރަނީ ކޮންމެ ދުވަހަކު ކަނޑައިގެންނެވެ. އެހެންކަމުން މުޖުތަމައުގެ ކޮންމެ މީހަކުވެސް ކޮންމެ ދުވަހަކު މަދުވެގެން 4 ގަޑިއިރު ވަރަށް ބުރަކޮށް މަސައްކަތް ކުރެއެވެ.

މިދައްކަނީ ޕަޕާނިޔުޖިނީގައި ދިރިއުޅޭ ކަލޫލީ މުޖުތަމައުގެ ވާހަކައެވެ. މިކަން ދިރާސާކުރުމަށް ދިއަމީހުން ކުރި މަސައްކަތުން އެނގުނީ މުޅި މުޖުތަމައުގައިވެސް ޑިޕްރެޝަންގެ އަސަރުވެސް ހުރިކަމަށް ފެނުނީ ހަމަ އެންމެ މީހެއްގެ ކިބައިންނެވެ. އޭނާގެވެސް ހުރީ ވަރަށް ކުޑަ މިންވަރަކަށެވެ.
ޑިޕްރެޝަން އިން ސަލާމަތްވުމަށްޓަކައި ކުރަން އެންމެ ރަނގަޅު އެއް ކަމަކީ ވީހައި ގިނައިން ނަމާދުކުރުމެވެ. ސަޖިދައިގައި އޮންނަ ވަގުތު ގިނަކުރުމެވެ. ޖަމާއަތުގައި ނަމާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީވެސް ޑިޕްރެޝަނުން ސަލާމަތްވެވޭ ކަމެކެވެ.

ޖަމާއަތަށް ނަމާދަށް ދިއުމުގައި އިތުރު ފައިދާއެއް ވެސް އެބައޮތެވެ. އެއީ ގިނަ ބައަކާއި ބައްދަލުވުމެވެ. އަވަށުގެ މިސްކިތަށް ނުވަތަ ގޭ ކައިރީ މިސްކިތަށް ގިނައިން ދާނަމަ ގިނަ އަދަދެއްެގެ ހެޔޮ ލަފާ ރައްޓެހިންނާއި ބައްދަލުވާނެއެވެ. އެމީހުންނާއި ވާހަކަ ދައްކައި ޚިޔާލު ހޯދާނަމަ ރަނގަޅު ފަތުވާތައް ލިބޭނެއެވެ.

ކަސްރަތެއްވެސް ބުނެދޭނަމެވެ. އެކަންކަން (ގިނަގިނައިން ސަޖިދަ ކުރުމާއި ޖަމާއަތުގައި ނަމާދުކުރުމާއިއެކު) ކުރުމާއިއެކު މަދުވެގެން ހަފްތާއަކު 3 ފަހަރު ނުވަތަ 3 ދުވަހު މަދުވެގެން 30 މިނިޓް ވަރަށް ބާރަށް ހިނގުމަކީވެސް ސިކުނޑިއަށް އަރާމުލިބި ވިސްނުން ތާޒާވާ ކަމެކެވެ. ކަންބޮޑުވުން ފިލުވައިލަދޭ ކަމެކެވެ.

ޑިޕްރެޝަނުން ސަލާމަތްވުމަށް ކެއުންވެސް ހަމަހަމަކުރަން ޖެހެއެވެ. އަހަރެމެން ގިނައިން ކައި މިއުޅެނީ ގޮވާމުގެ ބާވަތްތަކެވެ. އެއިން ލިބޭނީ އޮމެގާ 6 އެވެ. އޮމެގާ 6 އިތުރުވުމަކީ މައްސަލައެކެވެ. އޮމެގާ 6 ބޭނުންކުރާ ވަރަށް އޮމެގާ 3 ބޭނުންކުރަންޖެހެއެވެ. އޮމެގާ 3 ލިބޭނީ ތަރުކާރީގެ ބާވަތްތަކުންނެވެ. ވީމާ ބޭނުންކުރާ ގޮވާމާއި ތަރުކާރީ އެއްވަރުކުރަން ޖެހެއެވެ.

- އުސްތާޛް ވައްހާޖް ޠަރިންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް