އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަތެއް ފެބުރުއަރީގެ ތަހުގީގު ނަތީޖާ އެމްޑީޕީން ވަނީ ބަލައިގަނެ އެކަން މާޒީއަށް ދޫކޮށްލާފައި: ފައްޔާޒު

ހަތެއް ފެބުރުއަރީގެ ތަހުގީގު ނަތީޖާ އެމްޑީޕީން ވަނީ ބަލައިގަނެ އެކަން މާޒީއަށް ދޫކޮށްލާފައި: ފައްޔާޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ހަތެއް ފެބުރުއަރީގެ ތަހުގީގު ނަތީޖާ އެމްޑީޕީން ވަނީ ބަލައިގަނެ އެކަން މާޒީއަށް ދޫކޮށްލާފައި ރައްޔިތުންގެ މަޖިލީހުގެ ގަމުދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ރަނިންގް މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އެކަމަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ފައްޔާޒު ވިދާޅުވީ ހަތެއް ފެބުރުއަރީ ވަނީ ތަހުގީގުކޮށްފައި ކަމަށާއި އެމްޑީޕީން ވަނީ ތަހުގީގު ނަތީޖާ ބަލައިގަނެ އެކަން މާޒީއަށް ދޫކޮށްލާފައިކަމަށެވެ. އަދި ހަމައެކަނި އެމްޑީޕީ އިން ބުނީ ހަތެއް ފެބުރުއަރީއާއި ބެހޭގޮތުން ކޯނީ ރިޕޯޓްގައި ހުރި ކަންކަން ތަންފީޒު ކުރުމަށް ކަމަށެވެ.




ޑރ. ޝަހީމް ވިދާޅުވީ އިބޫ އަށް ވެރިކަން ލިބިއްޖެ ނަމަ ހަތެއް ފެބްރުއަރީ އަލުން ތަހުގީގުކޮށް އިދިކޮޅުގައި މިހާރު ހިމެނޭ ބައެއް މީހުން ޖަލަށް ލާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު